ޢާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގައިފި

މިއަހަރުގެ ސްކޫލް ބަންދާއި އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން މާލެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީއާ ދިމާކޮށް ރަށުން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކާއި ޗުއްޓީއަށް މާލެ އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ސްކޫލް ހޮލިޑޭ ސޭފްޓީ އެންޑް ސެކިއުރިޓީ 2025 – ކޮމިއުނިޓީ ސޭފްޓީ ޕަލްސް ޗެކް“ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި ޓްރެފިކް ޕޮލިސް އާއި އެންޓި ސްކޭމް ސެންޓަރާއި ކްރައިމް ޕްރިވެންޝަން ހިމެނޭހެން 400 ފުލުހުން ވަނީ އެއް ގަޑިއެއްގައި މަގުތަކަށް ނުކުމެ ވީހާވެސް ގިނަ އާންމުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ހޯދައި، ޗުއްޓީ ދުވަސްވަރު ހިނގާ އެކި ބާވަތުގެ ކުށްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާލެ ޕޮލިސް އަދި މާލެ ފްރަންޓްލައިން ޕޮލިސިންގގެ އެކި ޑިޕާރޓްމަންޓްތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

މި ޕްރޮގްރާމުގެ ތެރެއިން މާލެ ފްރަންޓްލައިން ޕޮލިސިންގގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގެ ވެރިން ވަނީ އެއަވަށެއްގައި ކަނޑައަޅާފައިވާ ތަނެއްގައި ގާއިމްވެ ތިބެ ރައްޔިތުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާއި ސާފުކުރަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ.

މި ޕްރޮގްރާމްގައި މާލެ 48 ސަބް ޒޯނަކަށް ބަހާލައިގެން އެކި ސަރަހައްދުތަކުގައި ފުލުހުން މައުލޫމާތު ދީފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިިން ކުށާއި، ކުށުގެ ވެއްޓަށް އަންނަ ބަދަލުތައް އާންމުންނާއި ހިއްސާކޮށްފައިވެ އެވެ.

އަދި ފުލުހުންގެ ހެލްޕް ލައިން ނަންބަރުތަކާއި، ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމްތައް އަދި މައްސަލަތައް ރިޕޯޓްކުރާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި އަލަށް ތައާރަފްކޮށްފައިވާ އެޕްލިކޭޝަނާ ގުޅޭ މައުލޫމާތުވެސް މި ހަރަކާތުގެ ތެރެއިން އާންމުންނާ ހިއްސާކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.