ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުއަތު ނަގައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރުމުގެ ގޮތުން ޕްލޮޓް ކަނޑައެޅުމަށްޓަކައި ނަސީބުވެރިންގެ ދެމެދު ގުރުއަތު ނަގައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބިވަޑައިގެންނެވި ފަރާތްތަކުގެ ދެމެދު ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގުރުއަތުން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު މިނިސްޓްރީންވަނީ ހަމަޖައްސާފަ އެވެ.

މިހާރު މި މަސައްކަތްތައް ނިންމާލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ އެވެ.

ތިންވަނަ ފިޔަވަހިން 1650 އަކަފޫޓުގެ 181 ގޯތި އަދި 2050 އަކަފޫޓުގެ 242 ގޯތި ދޫކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި 2450 އަކަފޫޓުގެ 132 ގޯއްޗާއި 2850 އަކަފޫޓުގެ 62 ގޯތީގެ އިތުރުން 3250 އަކަފޫޓުގެ 41 ގޯތިވެސް ދޫކުރުމަށް ކަނޑައެޅިފައިވެ އެވެ.

ދޫކުރުމަށް ކަނޑައެޅި ގޯތިތަކުގެ ތެރޭގައި 3650 އަކަފޫޓުގެ 16 ގޯތި އަދި 4000 އަކަފޫޓުގެ 24 ގޯތިވެސް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.