ކޮންޓެންޓް ތައްޔާރުކުރުމުގެ ކަންކަމުގައި މެނޭޖްމަންޓެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ދަސްވެއްޖެ: ވަޒީރު

ކޮންޓެންޓް ތައްޔާރުކުރުމުގެ ކަންކަމުގައި މެނޭޖްމަންޓެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް މި ވަރކްޝޮޕުން ދަސްވެގެން ހިނގައްޖެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާގެ އެހީތެރިކަމާއެކު މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން، ސިޓީސް މިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޑިޖިޓަލް ކޮމިއުނިކޭޝަން އަދި ކޮންޓެންޓް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމާބެހޭ ވަރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ނިމުނު ތަމްރީނު ޕްރޮގުރާމުގެ ސަބަބުން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ފަތުރާ އާންމުކުރުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ހަވީރު ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައި އޮތް މި ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޕީއެސްއެމާއި އަދި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.