ރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2025 ވަނަ އަހަރުގެ މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް އަދި ވެންޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް ޓްރެވަލް އޭޖެންޓްސް ކޮންފަރެންސްގެ ހަވާސާގައި، ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒް، އިޓަލީގެ އެކުއިލޭއާގެ މޭޔަރު އެމަނުއެލް ޒޮރީނޯއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖެއަށް އަންނަ އިޓަލީގެ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި، ސަޤާފީ އަދި ތާރީޚީ ތަންތަން ފަތުރުވެރިންނަށް ތަޢާރަފުކުރުމާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެއްވި އެވެ.

ޑރ. ޢަބްދުﷲ ނިޔާޒް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު މޭޔަރު އެމަނުއެލް ޒޮރީނޯއަށް ހާމަކޮށްދެއްވާފަ އެވެ.

އަދި، އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ބާޒާރެއް ކަމަށާއި، މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މޭޔަރު އެމަނުއެލް ޒޮރީނޯ ވެސް ވަނީ ރާއްޖެއާ އެކު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.