އިސްލާމްއާބާދުގެ ކޯޓެއް ކުރިމަތީގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން 12 މީހުން މަރުވެއްޖެ

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓު އިމާރާތެއް ކުރިމަތީގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. 

އަންގާރަ ދުވަހު ހިނގި މިހާދިސާގައި އެއްޗެއް ގޮވާފައިވަނީ އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ކޯޓެއް ކުރިމަތީގައި ކަމަށް ޕާކިސްތާންގެ ފުލުހުންނާއި ހަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުގައި ބުނެފައިވެ އެވެ. ޑިސްޓްރިކްޓް ކޯޓް ސަރަހައްދަކީ އާންމުގޮތެއްގައި މީހުން ގިނަ ސަރަހައްދެއް ކަމުން، މި ހާދިސާގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިހާދިސާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާއިރު އެކި ސަރަހައްދު ތަކުގައި މިފަދަ ހަމަލާތަކެއް ފާއިތުވި ދުވަސްތަކުގައި ޕާކިސްތާންގެ ތާލިބާނުން (ތެޙްރީކްއޭ ތާލިބާން ޕާކިސްތާން) އިން ވަނީ ދީފައިކަން ފާހަގަކޮށްލެވެ އެވެ. މި ހާދިސާއާއި ބެހޭގޮތުން ފުލުހުންގެ ތަރުޖަމާނު ބުނެފައިވަނީ، މިއީ ކޮން ކަހަލަ ގޮވުމެއް ކަމެއް އަދި ބަޔަކު ގަސްތުގައި އެއްޗެއް ގޮއްވާލީކަމެއް ޔަގީން ނުވާ ކަމަށާއި، މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުތައް ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު ހާމަކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ. 

އިސްލާމްއާބާދުގައި މި ހާދިސާ ހިނގާފައި މިވަނީ ހަތިޔާރުއެޅި ޖަމާއަތަކުން އަފްޣާނިސްތާނު ބޯޑަރު ކައިރީގައިވާ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިނސްގެ ވާނާގައި ހުންނަ ކެޑޭޓް ކޮލެޖަކަށް ދިނުމަށް ރާވަމުންދިޔަ ޙަމަލާއެއް ހުއްޓުވާފައިވާ ކަމަށް ޕާކިސްތާނުގެ ދިފާއީ ބާރުތަކުން އިޢުލާނުކުރިތާ ގަޑިއިތުރަކެއް ފަހުންނެވެ. 

ޕާކިސްތާނުގައި މި ހަމަލާ ދީފައިވާއިރު އޭގެ އެއްދުވަސް ކުރިން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ވެސް ކާރެއްގައި ގޮވާތަކެތި ހަރުކޮށްގެން ދިން ޙަމަލާގައި 13 މީހުން ވަނީ މަރުވެ، އެތައް ބަޔަކު ޒަޚަމްވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.