
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ”ކެރިއަރ ޑޭ“ ހަރަކާތުގައި ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ
ފުވައްމުލަކު ސިޓީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ”ކެރިއަރ ޑޭ“ ހަރަކާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ އެވެ.
އިއްޔެ ހެނދުނު 07:15އިން 08:15އަށް އެ ސްކޫލުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ފަޔަރ ފައިޓަރެއްގެ ކެރިއަރ ބިނާވެފައި އޮންނަ ގޮތާއި، ފަޔަރ ފައިޓަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތާ ގުޅުންހުރި މަޢުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ.
މި ހަރަކާތުގައި މައުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.



