އުފާވެރި ޢާއިލާތަކެއް ބިނާކުރުމަށް މާމަކާފައަކީ މުހިންމު ބައެއް

މާމަކާފައަކީ އުފާވެރި ޢާއިލާތަކާއި، އޯގާތެރި މުޖުތަމަޢެއްގެ ބިންގަލެވެ. އަންނަން އޮތް ޖީލުތަކަށް ނަމޫނާއެކެވެ. އެމީހުންގެ ރިވެތި ސިފަތަކާއި، ދެގޮތެއްނުވެ ދޭ ލޯތްބާއި އޯގާތެރިކަމާއި އަޅައިލުމަކީ އަގު ނުކުރެވޭ ވަރުގެ ނިޢުމަތްތަކެކެވެ.

މާމަކާފައަކީ ޢާއިލީ ގުޅުން ބަދަހިކޮށް، ޢާއިލީ ލޯބި ވަރުގަދަކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ފަރާތެވެ. އެމީހުންގެ ތަޖުރިބާއާއި، ހަޔާތުގައި ކުރިމަތިވެފައިވާ ކަންކަމުން އަބަދުވެސް ރިވެތި ނަމޫނާ ދައްކުވައިދެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއި، ޒިންމާދާރުވުމުގެ މުހިންމުކަން އުނގަންނައިދޭ އެންމެ މުހިންމު ފަރާތްތަކަކީވެސް ހަމަ މާމައާއި ކާފަ އެވެ.

ޒަމާން ބަދަލުވެ، މިއަދު މާމަކާފައާ ދުރުގައި ދިރިއުޅޭ މީހުން ގިނަވެފައިވީ ނަމަވެސް، މާމަކާފަގެ ގެއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކީ ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ވަގުތުކޮޅަކަށް އަބަދުވެސް ވެގެންދެ އެވެ.

މާމަ ކައްކާ މީރު ކާނާގައި އެކުލެވިގެންވަނީ އެހެން މީހަކަށް އެ ރަހަތައް ނުގެނެވޭނެފަދަ ތަފާތު ޖާދޫއެކެވެ.

ހަމައެފަދައިން ކާފަގެ ކުޑައިރުގެ ވާހަކަތައް އަޑުއެހުމަށް އެއްވެސް ފޫހިކަމެއްނެތި، ކިތަންމެ ގިނައިރު ވަންދެންވެސް ކާފަގެ ކައިރީގައި އިށީނދެގެން އިނދެވިދާނެއެވެ. އެވާހަކަތަކަކީ އަޅުގަނޑުމެން އެހެން ޒަމާނަކަށް ގެންގޮސްދޭ ތަޖުރިބާތަކެކެވެ.

މާމަކާފައަކީ އޯގާތެރިކަމުގެވެސް ލާމަސީލު ނަމޫނާއެކެވެ. ނުތަނަވަސްވާ ހާލަތްތަކުގައިވެސް އެމީހުންނާ ބައްދަލުކޮށް މަޝްވަރާކޮށްލުމުން، އެ ދެއްވާ ނަސޭހަތްތަކަކީ ހަޔާތުގައި ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް ހިތްވަރާއެކު އެ ކަމަކާ ކުރިމަތިލުމަށް ލިބިގެންދާ ބާރެކެވެ.

އެހެނީ އެމީހުންނަކީ، ފަސޭހަކަމާއެކު ދިރިއުޅުމުގެ މުހިންމު ނިންމުންތައް ނިންމާ، ކަންކަން ހައްލުކޮށް ހަމަޔަކަށް އެޅުވުމަށް އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ބައެކެވެ.

އެންމެ ކުޑައިރުއްސުރެން، އިސްލާމީ ރިވެތި އާދަތަކުގެ މައްޗަށް އަޅުގަނޑުމެން އަހުލުވެރިކުރުވާ ބަޔަކީވެސް މާމަކާފައެވެ. ކާފަގެ އަތުގައި ހިފައިގެން މިސްކިތަށް ނަމާދަށް ދިއުމާއި، މާމައާއެކު އިށީނދެ ޤުރުއާން އުނގެނުމަކީ އެންމެ ކުޑައިރުގެ ފޮނި ހަނދާންތަކެވެ.

އަޅުގަނޑުމެންގެ ރަނގަޅު އަޚުލާޤުގެ ބިންގާ އަޅައިދެއްވަނީވެސް ހަމަ އެ ލޮބުވެތި ދެ އަތުންނެވެ.

މާމައާއި ކާފައަކީ އަޅުގަނޑުމެންގެ ހަޔާތުގެ އަގުހުރި ޚަޒާނާއެކެވެ. އެ މީހުންގެ ލޯތްބާއި، އޯގާތެރިކަމާއި، ދެއްވާ ނަސޭހަތްތަކަކީ އަގުހުރި ތަރިކައެކެވެ.

އެހެންކަމުން، އޯގާތެރި އަޅާލާ މުޖުތަމަޢެއް އުފައްދާ، އުފާވެރި ޢާއިލާތަކެއް ބިނާކުރުމަށް މާމަކާފައަކީ މުހިންމު ބައެއްކަން ދެނެގަނެ، މާމަކާފައިންނަށް ޅަދަރިންނާއި ޒުވާނުންގެ ހިއްތަކުގައި ލޯތްބާއި އިޙުތިރާމް އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.