އިހަވަނދޫ ސްކޫލުގައި ޓީމް ބިލްޑީންގ ޙަރަކާތެއް ގެންގޮސްފި

ހއ. އިހަވަންދޫ ސްކޫލު ގާލްގައިޑް، ލިޓުލްމެއިޑް އަދި ސްޓަރ ދަރިވަރުންނަށް ޓީމްބިލްޑިންގ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތްތަކަކީ ނޮވެމްބަރު 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ދަރިވަރުންގެ “ފަތްމިނި ކޭމްޕު 2025” ގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތްތައް ރާވާފައިވަނީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ދަރިވަރުންގެ މެދުގައި އާލާކޮށް، އެކުވެރިކަން އިތުރުކުރުމުގެ މަގުސަދުގަ އެވެ.

މީގެ އިތުރުން، ދަރިވަރުންނަށް އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމަކީ ވެސް މި ހަރަކާތްތަކުގެ އެއް މަގުސަދެވެ.

ގާލްގައިޑް، ލިޓުލްމެއިޑް އަދި ސްޓަރ ދަރިވަރުންނަށް ވަކިވަކިން ކުރިއަށް ގެންދިޔަ މި ޙަރަކާތްތަކުގައި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެފަދަ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ޙަރަކާތްތަކުގެ ސަބަބުން، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ދަރިވަރުންގެ މެދުގައި އިތުރުވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާވެގެންދާނެ އެވެ. އަދި މިފަދަ ޙަރަކާތްތަކަކީ ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމުގެ އިތުރުން، އެކުވެރިކަމާއި އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމަށް ވަރަށް ބޭނުންތެރި ކަންކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.