ގަދަ ހޫނުގައި ދަރިފުޅު ކާރުތެރޭގައި ތަޅުލުމަށްފަހު ގޭމުކުޅެން ދިޔަ މީހާ އަމިއްލައަށް މަރުވެއްޖެ

ހޫނުގަދަ ދުވަހެއްގައި 2 އަހަރުގެ ދަރިފުޅު ކާރުތެރޭގައި ތަޅުލުމަށްފަހު ގޭމުކުޅެން ދިޔަމީހާ އަމިއްލައަށް މަރުވެއްޖެއެވެ.

އެމެރިކާގެ އެރިޒޯގައި ހިނގި މި ހާދިސާގައި ކްރިސްޓޮފަރ ޝޮލްޓްސް (38އ) ނަމަކަށް ކިޔާ މީހަކު، އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅު ހޫނު ގަދަ ދުވަހެއްގައި ކާރުތެރޭގައި ތަޅުލާފައި ބައިންދާފައި ދިޔައީ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެއެވެ. ނަމަވެސް އޮރިޔާންކާޑު ބެލުމާއި ގޭމު ކުޅުމުގައި އޭނާ އެތައް ވަގުތުތަކެއް ހޭދަކޮށް، ކާރުތެރޭގައި ތަޅުލާފައި ބައިންދާފައިވާ ދަރިފުޅުމަތިން ހަނދާން ނެތުމުގެ ސަބަބުން، ދަރިފުޅު ވަނީ ހޫނުގަދަވެ ނޭވާ ހާސްވެގެން މަރުވެފައެވެ. 9 ޖުލައި 2024 ގައި ހިނގި މިހާދިސާގެ ސަބަބުން ކްރިސްޓޮފަރ ގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރި ކަމުގެ ދަޢުވާ އުފުލައި، އެ ދައުވާއަށް އޭނާ ވަނީ އެއްބަސްވެފައިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކްރިސްޓޮފަރ މަރުވެފައި އޮއްވައި ފެނިފައި ވަނީ 5 ނޮވެމްބަރުގައެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވެފައި ވަނީ އަމިއްލައަށެވެ. އަދި އޭނާ މަރުވެފައި މިވަނީ، އޭނާގެ މައްޗަށް އުފުލައި ސާބިތުވެފައިވާ ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާއަށް ޙުކުމް ކުރުމަށް އޮތް ދުވަހުއެވެ. މި ދައުވާއަށް އޭނާ 30 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް ޙުކުމް ކުރުމުގެ މަޖިލީހަށް އޭނާ ހާޒިރު ނުވުމުން ވީގޮތެއް ބެލުމަށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އޭނާ އޮތީ މަރުވެފައެވެ.

ގަދަ ހޫނުގައި ކާރުގެ ފަހަތު ސީޓުގައި މަރުވެފައިވަނީ ކްރިސްޓޮފަރގެ 3 ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ދެން ތިބީ 5 އަހަރާއި 9 އަހަރުގެ ދެކުދިން ބުނެފައިވަނީ، ގޭމު ކުޅުމަށް ދެވިހިފާފައި ވުމުގެ ސަބަބުން ކާރުތެރޭގައި ތަޅުލާފައި ބޭތިއްބުމަށްފަހު ގިނަ ވަގުތު ވަންދެން އެކި ކަންތައްތަކުގައި ދިއުން އެއީ ކްރިސްޓޮފަރ ވަރަށް ގިނައިން ކުރާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.