ސ. ހުޅުދޫ އާއި މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ސ. ހުޅުދޫ އަދި ސ. މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރު ފަސޭހަތައް ލިބިގެންދާނެ މަޝްރޫޢެކެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި އެ ދެރަށުގެ ރައްޔިތުންވެސް ބައިވެރިވެފައިވެ އެވެ.

މި މަޝްރޫޢުގެ ސަބަބުން މި ދެރަށުގެ ވަށާފާރު ރަނގަޅުވެ، ފެން ހިންދާ ނިޒާމް ޤާއިމުކުރެވި، މަގުތައް ތަރައްޤީވެ، ރައްޔިތުންނަށް ސާފުތާހިރު އަދި ރައްކާތެރި މަގުތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.