ފިލިޕިންސްއަށް އެރި ތޫފާނުގައި 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި އޭގައިތިބި  މީހުން ވަނީ މަރުވެފައެވެ. 

ފިލިޕިންސްއަށް އެރި ތޫފާން ”ކަލްމޭގީ“ ގެ ސަބަބުން މަރުވި މީހުންގެ އަދަދު 46 އަށް އަރާފައިވާ ކަމަށް އެގައުމުގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. ތޫފާން ކަލްމޭގީގެ ސަބަބުން ބޯކޮށް ވާރޭވެހި، ގިނަ ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެއިތުރުން ތޫފާނުގެ ސަބަބުން ތާށިވެ އަދި ގެއްލިފައިވާ މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އޭގައިތިބި 6 މީހުން ވެސް ވަނީ މަރުވެފައެވެ. ތޫފާނުގައި ފެންބޮޑުވުމުގެ ސަބަބުން އަވަށުގެ ބޮޑު ބައެއް ވަނީ ފެނުއަޑީގައެވެ. އަދި ކާރުތަކާއި ގެތައް ފެނުއަޑީގައި ވުމުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ މީހުން ވަނީ ގޭގޭގެ ފުރާޅުމަތީގައި ރައްކާތެރިކަން ހޯދާފައެވެ. ކަލްމޭގީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނި ފިލިޕިންސްގެ ސެބޫ އަދި ބޮހޮލްއަށެވެ. 

މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓިފައިވަނީ މިންޑަނާއޯއިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް އެގައުމުގެ އަސްކަރީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ތަހުގީގު ކުރަމުންއަންނަ ކަމަށް ވެސް އަސްކަރީ އިދާރާއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.