މޯލްޑިވްސްގެ ބްރޭންޑް ފެނިލުން އިތުރުކުރުމަށް ލަންޑަން ޓެކްސީ ކެމްޕޭނެއް ފަށައިފި

ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ލަންޑަން 2025 އަށް އަމާޒުކޮށް، މޯލްޑިވްސްގެ ބްރޭންޑް އިނގިރޭސިވިލާތުގައި އިތުރަށް ފާހަގަކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ލަންޑަންގެ މެދުތެރޭގައި ބޭރުގެ އިޝްތިހާރީ ކެމްޕޭނެއް ފަށައިފިއެވެ. ޑަބްލިޔުޓީއެމް ލަންޑަން 2025 އަކީ ދުނިޔޭގެ އެންމެ އިސް ދަތުރުފަތުރުގެ ވިޔަފާރީގެ އެއް އިވެންޓެވެ.

ދެ މަސް ދުވަހުގެ މި ޓެކްސީ އިޝްތިހާރީ ކެމްޕޭންގެ ދަށުން 100 ޓެކްސީ ވަނީ ރާއްޖޭގެ ކަނޑުގެ ނޫކުލަޔާއި ރަށްރަށުގެ ހިތްގައިމު މަންޒަރުތަކުން ގަދަފަދަ ހޫނު މޫސުމުގެ ކުލަވަރު ލަންޑަންގެ މަގުތަކަށް ގެނެސްދީފައެވެ. މި އިސްނެގުމުގެ ބޭނުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ކަލަންޑަރުގައި އެންމެ ނުފޫޒުގަދަ އެއް މުއްދަތުގައި، ޑަބްލިޔުޓީއެމް ލަންޑަންގައި ބައިވެރިވާ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނާއި، މީޑިއާގެ ސަމާލުކަން ހޯދައި، ރާއްޖެއަކީ މަތީ ފެންވަރުގެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކެމްޕޭންގައި ވިޒިޓް މޯލްޑިވްސް އާއި އެކު ފަތުރުވެރިކަމުގެ ދާއިރާގެ ފަސް އިސް ބައިވެރިއަކު ގުޅިގެން މަސައްކަތްކޮށްފައިވެއެވެ. އެއީ، ކަންޑިމަ މޯލްޑިވްސް، ޔުނިވަރސަލް ރިސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، ބްރެންނިއާ ކޮއްޓެފާރު، އަދި ރިޔޫ އެޓޯލް އެންޑް ރިޔޫ ޕެލަސް މޯލްޑިވްސް އެވެ. ކޮންމެ ބައިވެރިއެއްގެ 20 ބްރޭންޑް ޓެކްސީ (40 ސުޕަރސައިޑްސް) ހިމެނޭ ގޮތަށް، ޖުމްލަ 200 ސުޕަރސައިޑްސް ވަނީ ސެންޓްރަލް ލަންޑަންގެ އެންމެ ބާރުބޮޑު މަގުތަކާއި ހައި-ޓްރެފިކް ސޯންތަކުގައި ދައުރުވާނެ ގޮތަށް ހަމަޖައްސާފަ އެވެ.

މި ކެމްޕޭންގެ ޑިޒައިނަކީ މޯލްޑިވްސްގެ ބްރޭންޑްގެ މަގުބޫލުކަން އިތުރުކޮށް، މަތީ ފެންވަރުގެ، ތަފާތު، އަދި ތަޖުރިބާވެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ބަހައްޓުމަށް ކުރިއަށްދާ ގްލޯބަލް މާކެޓިންގެ މަސައްކަތްތަކާ އެއްގޮތްވާނެ ގޮތަކަށް ކުރިއަށްގެންދިޔުމެވެ. ލަންޑަންގެ ފިނި އޮޓަމް މާހައުލާ ދިވެހި ކަނޑުގެ ހޫނުކަން އެއްކޮށްލުމުން، މި ކެމްޕޭނުން ވަނީ ދުރުރާސްތާއަކަށް ދަތުރުކޮށް ހިތްފުރާލުމުގެ ވަރުގަދަ އިޙްސާސެއް އުފައްދައި، ފަތުރުވެރިންނަށް ސުވަރުގެއަކީ ހަމައެކަނި ފްލައިޓެއް ދުރަށް ގޮސްލާވަރަށް ކައިރީގައިވާ ތަނެއްކަން ހަނދާންކޮށްދީފަ އެވެ.

”މި ކެމްޕޭނުން ދިވެހިރާއްޖޭގެ ރޫޙު ގެނެސްދެނީ، ދުނިޔޭގެ ސަމާލުކަން ލަންޑަންއަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި، އަޅުގަނޑުމެންގެ އެއް މައި މާކެޓަށެވެ،“ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ. ”މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ސްޓްރެޓެޖީ ދައްކުވައިދޭ ކަމެއް ކަމަށްވާއިރު، ފަތުރުވެރިންނަށް ހޫނުކަމާއި، ލަގްޒަރީއާއި، ގުޅުން ބަދަހިކުރުމުގެ އެންމެ ފުރިހަމަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އަލުން ހޯދައިގަތުމަށް ހިތްވަރުދޭނެ.“

މި ޓެކްސީ އިޝްތިހާރީ ކެމްޕޭން އަކީ ޑަބްލިޔުޓީއެމް ލަންޑަން 2025 ގައި ވިޒިޓް މޯލްޑިވްސް އިން ކުރިއަށްގެންދާ މަސައްކަތްތަކުގެ އިތުރު ބައެކެވެ. މިއީ، އެންމެ މުހިންމު ފަތުރުވެރި މާކެޓްތަކުގެ ތެރެއިން އެއް މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައެވެ. ދުނިޔޭގެ އެންމެ އިސް ދަތުރުފަތުރުގެ ވިޔަފާރީގެ އިވެންޓްތަކާ މި ކެމްޕޭން ގުޅުވައިލުމުން، ވިޒިޓް މޯލްޑިވްސް އިން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ލަގްޒަރީ އަދި ތަޖުރިބާވެރި ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ޝައުޤުވެރިކަން އަލުން އުފައްދައިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.