ސަލަފް ރިހްލާ 2025 ކާމިޔާބު ކަމާއެލު ނިންމާލައިފި

ޖަމްޢިއްޔަތުއްސަލަފުން، 30 އޮކްޓޯބަރ އިން 2 ނޮވެމްބަރ ގެ ނިޔަލަށް އދ. އަތޮޅުގައި ކުރިއަށް ގެންދިޔަ “ސަލަފް ރިޙްލާ 2025″ގެ ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު 3 ފަރާތުގެ ނަން އިޢުލާން ކުރައްވައި، އެ ފަރާތްތަކަށް އިނާމުތައް ޙަވާލުކޮށްފި އެވެ.

ގުރުއަތުން ނެގުން އޮތީ ރޭ، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު “ސަލަފް ރިޙްލާ 2025” ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ޚާއްޞަ ފޯރަމް އަކާއެކު ކުރިއަށް ގެންދެވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގުރުއަތުން ހޮވުނު ފަރާތްތަކަށް ހަދިޔާ ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ އިތުރުން، އދ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އދ. މަހިބަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ނަސީރު އެވެ.

ރިޙްލާގައި ކުރިއަށްގެންދެވުނު ޙަރަކާތްތަކުގައި ބައިވެރިވެލައްވާ ކޮންމެ ފަރާތްތަކަށްވެސް ކޫޕަންއެއް ދޫކުރާގޮތަށް ކުރިއަށްގެންދެވުނު “ސަލަފް ރިޙްލާ 2025″އަށް އަތޮޅުގެ ހުރިހާ ރަށްރަށަކުންވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރެ އެވެ.

މިއަހަރުގެ ރިޙްލާއަށް އިނާމު ހަދިޔާކުރައްވާފައިވަނީ، އެލިއާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް، އަލްޙިޖާޒް ޙައްޖު އެންޑް ޢުމްރާ އަދި ރެފްކޫލްގެ ފަރާތުންނެވެ.

އެއްވަނައަށް ހޮވޭ ފަރާތަކަށް ހަދިޔާގެ ގޮތުގައި އެލިއާއިން ހުށައަޅުއްވާފައިވާ، އެއްރޮކްސް 155 ސައިކަލް އެކެވެ.

އަދި ދެވަނައަށް ހޮވޭ ފަރާތަކަށް ހަދިޔާގެ ގޮތުގައި، އަލްޙިޖާޒް ޙައްޖު އެންޑް ޢުމްރާއިން ހުށައަޅުއްވާފައިވަނީ، ޢުމްރާ ދަތުރެކެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް، ރެފްކޫލް އިން ހުށައަޅުއްވާފައިވަނީ، 18000 ބީޓީޔޫގެ އޭސީ ސިސްޓަމެކެވެ

މިއަހަރުގެ ރިޙްލާގެ ޙަރަކާތްތަކުގައި ބައިވެރިވެލައްވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވި ހަދިޔާ ލިބުނު ފަރާތްތަކަކީ:

  1. އަސްރާ އަޙްމަދު (ކޫޕަން ނަންބަރު: 4887)
  2. މެހެރިން ބިންތު މޫސާ (ކޫޕަން ނަންބަރު: 2706)
  3. މުޙައްމަދު ރާކިން އިބްރާހީމް (ކޫޕަން ނަންބަރު: 4504)

ރޭ ބޭއްވި “ސަލަފް ރިޙްލާ 2025” ނިންމުމުގެ ރަސްމިއްޔާތުގައި އދ. އަތޮޅު ކައުންސިލްގެ ރައީސްއާއި މަހިބަދޫ ކައުންސިލްގެ ރައީސް އަދި އެކައުންސިލްގެ މުވައްޒަފުންގެ އިތުރުން، އަތޮޅުގެ އެކިރަށްރަށުންވެސް ވަރަށް ގިނަ ބޭފުޅުން މިރަސްމިއްޔާތަށް މަހިބަދޫއަށް ވަޑައިގެން ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެ އެވެ.

“ސަލަފް ރިޙްލާ 2025” ނިންމުމުގެ ޚާއްޞަ ރަސްމިއްޔާތު، ދާރިސްޓީވީއިން ވަނީ ވަޤުތުން ދުރަށް ފޮނުވާފަ އެވެ.

މީގެ އިތުރުން ރިޙްލާގެ ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތާއި އަދި ބައެއް ބޮޑެތި ދަރުސްތައްވެސް ވަޤުތުން ފޮނުވާދެއްވާފައިވެއެވެ.  ދާރިސްޓީވީ އަކީ “ސަލަފް ރިޙްލާ 2025″ގެ ބްރޯޑްކާސްޓިންގ ޕާރޓްނަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.