ނ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކަ ކަޕަށް ތައްޔާރުވުމުގެ ގޮތުން ނ. ހެނބަދޫ ފުޓްބޯޅަ ޓީމާއި ނ. މާފަރު ފުޓްބޯޅަ ޓިމު އެކުވެރިކަމުގެ މެޗެއް ކުޅެފިއެވެ.
ނ. މާފަރު ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ހެނބަދޫ ފުޓްބޯޅަ ޓީމެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ހެނބަދޫ ފުޓްބޯޅަ ޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ވަހީދު (ކޮއްކީ) އެވެ.
ދެވަނަ ހާފު ފެށިގެން 5 ވަނަ މިނެޓްގައި ހެނބަދޫ ޓީމުގެ 2 ވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކޮށްދިނީ ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް ރަމީޒް (އިއްބެ) އެވެ. މެޗްގެ އިތުރު ވަގުތުގެ ފަހު މިނެޓްގައި އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ޝަރީފުގެ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. މި މެޗްގައި މާފަރު ޓީމަށް ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ.