ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލައި ގަވާއިދު އާންމުކޮށްފި

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލައި ގަވާއިދު އާންމުކޮށްފިއެވެ.

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އޮގަސްޓު މަހު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް މިއަދުން ފެށިގެން ހުޅުވާލައި އެކަމާ ބެހޭ ގަވައިދު މި ވުޒާރާއިން ވަނީ އާންމުކޮށް ގެޒެޓުކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމާއި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، މި ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މި ލައިސަންސް ދޫކުރާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އެއްފަހަރާ ދޫކުރެވޭނީ ޖުމްލަ 40 (ސާޅީސް) ލައިސަންސެވެ. އަދި ލައިސަންސް ދޫކުރާނީ، ލައިސަންސަށް އެދި ހުށަހަޅާ ތަރުތީބުންނެވެ.

މި ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގައި، ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

މީގެއިތުރުން ބާނާ ކަށިމިޔަރުގެ އެއްވެސް ބައެއް، ބަނދަރަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީ މަނާކަމެކެވެ.

ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކަށް ކަށިމިޔަރު ގަނެވޭނީ، މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ސަޕްލައިކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުންނެވެ. އަދި އެކްސްޕޯޓްކުރުމަށް ތައްޔާރުކުރާ ކަށިމިޔަރުގެ އުފެއްދުންތައް ޕެކޭޖްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި އުޞޫލުތައް ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.