އިދިކޮޅު ކެނޑިޑޭޓުން ވާދަކުރުން ހުއްޓުވުމަށްފަހު 98 އިންސައްތަ ވޯޓްއާއެކު ޓެންޒޭނިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ އަންހެނެއް

ހަމަނުޖެހުން ބޮޑުވެފައިވާ ޓެންޒޭނިޔާގެ ރިޔާސީ އިންތިޚާބު 98 އިންސައްތަ ވޯޓްއާއެކު އަންހެނަކު ކާމިޔާބުކޮށްފި އެވެ. ބޮޑު ތަފާތަކާއެކު އިދިކޮޅުން ވާދަކުރި ހުރިހާ ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމަށް ހުރަސްއެޅުމަށްފަހު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ  ސާމިއާ ސުލޫހޫ ޙަސަން އެވެ.

ހޮނިހިރު ދުވަހު އާންމުކުރި އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުގައި، ސާމިއާ ޙަސަންއަށް ވަނީ 97.66 އިންސައްތަ ވޯޓު ލިބިފައެވެ.  ރިޔާސީ އިންތިޚާބު ބޭއްވިފައިވަނީ ބުދަ ދުވަހުއެވެ. ޓެންޒޭނިޔާގެ ޤައުމީ މީޑިއާއިން ބުނެފައިވަނީ، އެންމެ ފަހުގެ ނަތީޖާ އިއްވުމުން މަޤާމަށް ހުވާކުރުމާއި މަޤާމާއި ހަވާލުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު ފަހުގެ ވަގުތެއްގައި ބޭއްވޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރިޔާސީ އަދި މަޖިލިސް އިންތިޚާބާއެކު އެޤައުމުގައި ހަމަނުޖެހުން އުފެދި، އެކި ސިޓީތަކުގެ މަގުތައްމަތީގައި މުޒާހަރާތައް ކުރަން ވަނީ ފަށާފައެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އިންތިޚާބުގައި ދެން ވާދަކުރި ކެނޑިޑޭޓުންނަށް ވާދަނުކުރެވޭ ގޮތަށް ހެދި ހެދުމާއި ދެކޮޅަށް އަޑުއުފުލައި، އިންސާފްވެރި ވާދަވެރި އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައެވެ.

ރިޔާސީ އިންތިޚާބު ކުރިއަށްދިޔަ ދުވަހު ވަރުގަދަ ސެކިއުރިޓީއާއެކު ވެސް އާންމުން ވަނީ މަގުތައްމައްޗަށް ނިކުމެ މުޒާހަރާކޮށް، ސާމިއާ ޙަސަންގެ ޕޯސްޓަރުތައް ވީދައި އަދި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ހުޅުޖަހާފަ އެވެ. އަދި މުޒާހަރާ ކުރާ ފަރާތްތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ކަންތައްތައް ބަލަހައްޓާ އޮފިޝަލުން ވަނީ ކަރުނަ ގޭހާއި ބަޑި ބޭނުންކޮށްފަ އެވެ.

މި އިންތިޚާބުގައި ވާދަކުރުން މަނާކޮށްފައިވާ އިދިކޮޅުގެ އެންމެ މައި އެއް ކެނޑިޑޭޓް ކަމުގައިވާ ށަޑޭމާ ބޭރުގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އިންތިޚާބު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 700 އެއްހާ މީހުން މަރުވެފައިވާ ކަމަށެވެ. އަދި މި އަދަދު ނަގާފައިވަނީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ރެކޯޑްތަކަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ އިދާރާއިން ބުނެފައިވަނީ، މި ހަމަނުޖެހުންތަކުގައި މަރުވެފައިވަނީ 10 މީހުން ކަމަށެވެ.

ޓެންޒޭނިޔާގެ ޚާރިޖީ ވަޒީރު މަޙްމޫދު ޘާބިތު ކޮމްބޯ އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ، އިންތިޚާބު ކުރިއަށްގެންގޮސްފައި ވަނީ އިންސާފްވެރިކޮށް ކަމަށާއި، ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން އަމަލުކޮށްފައި ވަނީ އުސޫލާއި އެއްގޮތަށް ކަމަށެވެ. އަދި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިނުވާ ކަމަށާއި، މަރުވި މީހުންގެ ރަސްމީ އަދަދެއް މިވަގުތު ލިބިފައިނުވާ ކަމަށެވެ. ހަމަނުޖެހުމުގައި މަރުވެފައިވާ ކަމަށް އިދިކޮޅުން ބުނާ 700 މީހުން ކޮބާކަމެއް އެއްވެސް ފަރާތަކަށް އެނގިފައި ނުވާކަމަށް ވެސް ކޮމްބޯ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.