”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ރާއްޖޭގައި ތަންފީޒު ކުރަން ފަށައިފި

”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ރާއްޖޭގައި މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށައިފިއެވެ.

”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ޤާނޫނީގޮތުން މިއަދު ތަންފީޒު ކުރަން ފެށުމާއިއެކު، ދުންފަތުން ރައްކާތެރި ޖީލަކަށް މަގުފަހިކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގައި މުހިއްމު އަދި ތާރީޚީ ލަނޑުދަނޑިއެއް މިވަނީ ދިވެހިރާއްޖެއަށް ޙާޞިލުކުރެވިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤާނޫނު ނަންބަރ 15/2010 ”ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނު“ އަށް ގެނެވުނު 2 ވަނަ އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމާއިއެކު، ދިވެހިރާއްޖެ ވެފައިމިވަނީ، ދުނިޔޭގައި ޖެނެރޭޝަނަލް ބޭންގެ ސިޔާސަތު (މުޅި ޤައުމުގެ މައްޗަށް) ތަންފީޒުކުރާ ފުރަތަމަ ޤައުމު ކަމުގައެވެ.

މި އިޞްލާހު ބަޔާންކުރާގޮތުން، 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ފަރާތަކީ ޤާނޫނު ހުއްދަކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ރަސްމީ ލިއުމެއް ބަލާ ޗެކްކޮށް، އުމުރު ކަށަވަރުކުރުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރެއެވެ. ހަމައެއާއެކު ޖެނެރޭޝަނަލް ބޭން އިން މަނާވާ ބާވަތްތަކުގެ ތެރޭގައި، އެއްވެސް އިސްތިސްނާއެއްނެތި، ދުންފަތުގެ ހުރިހާބާވަތެއް ހިމެނެއެވެ. މީގެ އިތުރުން، ވަކި އުމުރަކަށް އަދި ވަކި ބާވަތަކަށް ތަފާތު ނުވާނެހެން، އީ-ސިގިރޭޓާއި ވޭޕް ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމާއި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުންވެސް ވަނީ ޤާނޫނީގޮތުން މަނާކުރެވިފައެވެ.

”ޖެނެރޭޝަނަލަ ބޭން އޮން ޓޮބޭކޯ“ ސިޔާސަތަކީ ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުއާހަދާ، ”ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފް.ސީ.ޓީ.ސީ)“ ގެ ދަށުން ޤައުމުތަކުން އެޅުމަށް ލަފާދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.