އިންސްޕަޔަރިންގ ޔަންގު ލީޑާސް ޕްރޮގްރާމް ކެޔޮދޫ ސްކޫލު ދަރިވަރުންނަށް

ވ. ކެޔޮދޫ ސްކޫލު ދަރިވަރުންނަށް އިންސްޕަޔަރިންގ ޔަންގް ލީޑާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި އެވެ.

މި މަހުގެ 29ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަނާއި ކެޔޮދު ޕޮލިހާއި ކެޔޮދޫ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމުގައި، މައުލޫމާތު ދީފައިވަނީ ”ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް، ކޮމިއުނިކޭޝަން ސްކިލްސް، ކާމިޔާބު މީހަކަށްވުމަށް ކުރަންޖެހޭ ކަންކަން، ރިވެތި އަދަބުތައް އަދި ޓިމް ވޯކް” މައުލޫގެ ދަށުންނެވެ.

އެގޮތުން، ލީޑަރުންނަކީ ކޮބައިކަމާއި ޒިންމާދާރު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާއި ލީޑަރަކަށްވުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ލީޑަރެއްގެ ޒިންމާތަކާއި ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި އެއް ކުއްޖަކު އަނެއް ކުއްޖަކާ ހާތަބުކުރުމުގައި ރިވެތި ބަސްމަގު ގެންގުޅުމުގެ މުހިންމުކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

young

އަދި ކާމިޔާބު ދަރިވަރަކަށްވުމަށް ކުރަންޖެހޭ ކަންކަމާއި ބެލެނިވެރިންނާއި ޓީޗަރުން އަދި މުޖުތަމައު ބަލައިގަންނަ ދަރިވަރަކަށްވުމަށްޓަކައި ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހުންނަންޖެހޭނެ ސިފަތަކައި ޒިންމާތަކާއި ގަޑިއަށް ފަރުވާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ކިޔައިދީފައިވެ އެވެ.

މީގެ އިތުރުން، ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި ޓީމްވޯކްއަކީ ކޮބައިކަން ވެސް ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތް އަންގައިދިނުމުގެ ގޮތުން ދަރިވަރުންގެ މެދުގައި ޓީމްބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމުގައި ކެޔޮދޫ ސްކޫލުގެ 47 ދަރިވަރުން ބައިވެރިވި އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.