ޗައިނާ ސަފީރާ މިނިސްޓަރ ޠާރިޤް އިބްރާހީމް ބައްދަލުކުރައްވައި ތިމާވެއްޓާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، ޗައިނާގެ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ސިންހުއާ އަދި ދެވަނަ ސެކްރެޓަރީ މިސް ޗީ ޖުންއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ އެންވަޔަރަމަންޓް ނިސްޓްރީގައެވެ.

މި ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ ދެޤައުމުގެ ދެމެދު ގާތް ގުޅުމެއް ބިނާކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފަ އެވެ. ޚާއްސަކޮށް، ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ދެފަރާތުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ޗައިނާއާއެކު މިފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ބޭނުންފުޅުވާކަން ފާޅުކުރައްވާފަ އެވެ. ޗައިނާ ސަފީރު ކޮންގް ސިންހުއާވެސް ވަނީ ދެގައުމުގެ ދެމެދުގައި މިހާރަށްވުރެ ގާތް ގުޅުމެއް ބިނާކޮށް، ތިމާވެއްޓަށް ފައިދާހުރި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން ހާމަކުރައްވާފަ އެވެ.

ސަފީރު

މި ބައްދަލުވުމުގެ ސަބަބުން، ރާއްޖެއާއި ޗައިނާގެ ތިމާވެށީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.