
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންނަށް ކެންސަރ ސްކްރީނިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް ކެންސަރ ސްކްރީނިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އަނގަޔާއި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ ކެންސަރަށް މަގުފަހިވާ ކަންކަމާއި، މި ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އިސްރަށްވެހިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދެވިފައިވެ އެވެ. މި ހަރަކާތުގައި 60 އިސްރަށްވެހިން ވަނީ ބައިވެރިވެފަ އެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ އެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެ އެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފަ އެވެ.



