މިނިސްޓްރީ އޮފް ސިޓީސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މޫމިނާ ވަޙީދު އައްޔަންކުރައްވައިފި

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މ. ޖީނާ، އަލްފާޟިލާ މޫމިނާ ވަޙީދު އައްޔަންކުރައްވައިފިއެވެ. މޫމިނާއަށް މަޤާމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވީ އެ ކަމަށް ޓަކައި ސިޓީސް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ރަށްވެހި މާލަމުގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ނާއިބު ރައީސާއި އެ ކޮމިޝަންގެ ބައެއް މެންބަރުންނާއި، ސިޓީސް މިނިސްޓްރީގެ ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، މަދަނީ އިސް މުއައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަލްފާޟިލާ މޫމިނާ ވަޙީދަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގެ އިތުރުން އެ ކޮމިޝަންގެ އިދާރީ އެކި މަޤާމުތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ކަނބަލެކެވެ. މީގެ އިތުރުން މޫމިނާ ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި މަސައްކަތްކުރައްވަފައެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް އިސް މަޤާމެއްގައި މޫމިނާ މަސައްކަތްކުރައްވާފަ އެވެ.

ޕަރމަނަންޓް ސެކްރެޓަރީ އައްޔަންކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒާއި، މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި އަދި ޕަރމަނަންޓް ސެކްރެޓަރީ މޫމިނާ ވަޙީދު ވެސް ވާހަކަފުޅުދެއްކެވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.