”އެންމެ އުފާވަނީ މަރުކަޒުގައި ދިރިއުޅެ ބޮޑެތިވާ ކުދިން މުޖުތަމަޢަށް ނިކުމެ އަމިއްލަ ފައި މައްޗަށް ތެދުވެ، ވަޒީފާތަކުގައި އުޅޭތަން ފެނުމުން.“ – ފާތިމަތު އަހްމަދް

ފާތިމަތު އަހުމަދަކީ، ޏ.ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގައި ކެއަރ ވޯކަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދާ މުވައްޒަފެކެވެ. މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް އަމިއްލަ ދަރިން ފަދައިން ލޯތްބާއި އަޅައިލުން ފޯރުކޮށްދީ، އެ ކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު މަސައްކަތްކުރަމުން ގެންދާ ފާތިމަތު އަހުމަދު ބުނާ ގޮތުގައި މި ދާއިރާއަކީ އޭނާ އެންމެ ކުރިންސުރެވެސް ވަރަށް ޝައުޤުވެރިވާ ދާއިރާއެކެވެ.

މި ދާއިރާއަކީ، މަސައްކަތްކުރުމަށް ވަރަށް ރަނގަޅު ދާއިރާއެއްކަމަށާއި، މި ކުދިންނާއެކު މަސައްކަތްކުރުމުން، ތަފާތު ގިނަ ކަންކަން ދަސްވެގެންދާކަމުގައި ފާތިމަތު ފާހަގަކުރިއެވެ. އެގޮތުން، ތަފާތު މިޒާޖުގެ ކުދިންނާއި މުޢާމަލާތްކުރާނެ ގޮތުގެ އެކި އުކުޅުތައް ދަސްވެ އެކުދިންނަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭނެ ގޮތްތައް އެނގިގެންދާކަމުގައި އޭނާ ބުންޏެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފާތިމަތު ބުނި ގޮތުގައި އޭނާ އެންމެ އުފާވަނީ އެ

މަރުކަޒުގައި ދިރިއުޅެ ބޮޑެތިވާ ކުދިން މުޖުތަމަޢަށް ނިކުމެ އަމިއްލަ ފައި މައްޗަށް ތެދުވެ، ވަޒީފާތަކުގައި އުޅޭތަން ފެނުމުންނެވެ.

”މި ކުދިން ބޮޑުވެގެން މުޖުތަމަޢަށް ރަނގަޅު ގޮތުގައި ނިކުމެގެން ވާޒީފާތަކަށް ދާތަން ފެނުމުން އަސްލު ވަރަށް ހިތްހަމަޖެހޭ

އެކިހަލަ ދާއިރާތަކުގައި މިހާރުވެސް އަޅުގަނޑުމެން ބޮޑުކުރި ކުދިން އެބަތިބި.“ ހިނިތުންވުމާއެކު އޭނާ ފާހަގަކުރިއެވެ.

މިފަދަ ކޮންމެ ކުއްޖަކަށްވެސް އަޅުގަނޑުމެންގެ ފަރާތުން ބޭނުންވަނީ ލޯތްބާއި އަޅައިލުމެވެ. ކެތްތެރިކަމާއި މަޑުމައިތިރިކަމެވެ. މިކުދިންނަށް ބޭނުންނާ އޯގާތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.