ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ބޯކޮށް ވާރޭވެހި ވައި ބާރުވާނެ ކަމަށް ލަފާކޮށް މިރޭ 21:45 އިން ފެށިގެން ދަންވަރު 1:45 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އަންނަ ހުކުރު ދުވަހާއި ހަމައަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ވެސް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ދިމާވެދާނެ ހާދިސާއަކަށް ސަމާލުވެ، ދަތުރު ކުރެއްވުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް ވެސް އެފަރާތުން ވަނީ ނަސޭހަތްތެރި ވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.