ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަހުން ފަލަސްތީނުގެ 97 މީހުން ޝަހީދުކޮށްލައިފި

ހައްދުފަހަނައަޅާފައިވާ އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލައި ސުލްހައިގެ މުޢާހަދާގައި ސޮއިކުރިފަހުން ދިން ޙަމަލާތަކުގައި ފަލަސްތީނުގެ 97 މީހުން ޝަހީދުވެފައިވެ އެވެ.

ފާއިތުވި ދެ އަހަރު މެދުނުކެނޑި ޙަމަލާތައް ދިނުމަށްފަހު، އެމެރިކާއާއި މިސްރުގެ އިސްނެގުމުން ތައްޔާރުކުރި ސުލްޙައިގެ މުޢާހަދާއަށް އެއްބަސްވެ، ދެފަރާތުން ޙަމަލާތައް ދިނުން ހުއްޓާލުމަށް އެއްބަސްވެފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެފަހުން ދެފަރާތުންވެސް ވަނީ އެއްބަސްވުމާއި އެއްގޮތަށް ހައްޔަރުގައި ތިބި ރަޙީނުން ދޫކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް އޭގެފަހުންވެސް އިޒްރާއީލުން އެތައް ފަހަރަކު ވަނީ އެއްބަސްވުމާއި ޚިލާފުވެ، އިސްވެ ޙަމަލާ ދީފައެވެ.

އެގޮތުން އޮކްޓޫބަރު 9 އިން ފެށިގެން މިހާތަނަށް އިޒްރާއީލުން ވަނީ 80 ފަހަރު އެއްބަސްވުމާއި ޚިލާފު ވެފައެވެ. އަދި ދިން ޙަމަލާތަކުގައި 97 މުސްލިމުން ޝަހީދުވެ 230 މީހުންނަށް ވަނީ އަނިޔާވެފައެވެ.

ދާދިފަހުން ވެސް ޙަމާސްއިން އެއްބަސވުމާއި ޚިލާފުވީ ކަމަށް ތުހުމަތުކޮށް، އިޒްރާއީލް އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭ ހިސާބުތަކަށް ދިން ވައިގެ ޙަމަލާތަކުގައި ވެސް އެތައް މުސްލިމުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. ނަމަވެސް ޙަމާސްއިން  ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އިސްވެ ޙަމަލާ ނުދޭ ކަމަށާއި، އެއްބަސްވުމާއި ދެކޮޅުވެފައި ނުވާނެ ކަމަށް ބުނެފައެވެ.

މި މަސްރަޙާމެދު ވާހަކަދައްކައި، މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ ވަފުދެއްވެސް މިހާރުވަނީ އިޒްރާއީލްއަށް ގޮސްފައެވެ. މި ވަފުދުގައި ހިމެނެނީ ޓްރަމްޕްގެ ހާއްސާ އެންވޯއީ ސްޓީވް ވިޓްކޮފްއާއި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖެރަޑް ކުޝްނަރ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.