
ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
ކޮޅުވެއްޓިއެއް ބަންދުންޖަހާލައި، އޭގެން ބައެއް ތަކެތި އޮޔާދާތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓުގާޑުން އިލްތިމާސްކޮށްފި އެވެ.
އަލްމާކް-ފިޔަ ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުންޖަހާލާފައި ވަނީ ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުންނެވެ. ބަންޑުންޖަހާލުމާއެކު ކޮޅުވެއްޓި ވަނީ އެސަރަހައްދަށް އަޑިއަށް ގޮސްފައެވެ.
ކޯސްޓްގާޑުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކޮޅުވެއްޓިން ދޫވެފައިވާ ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށެވެ.
ވީމާ މި ސަރަހައްދުން ދަތުރު ކުރައްވާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.