އެމް.އެމް.އޭއާއި އެމް.އެން.ޔޫ އާ ދެމެދު ފަޙުމްނާމާއެއްގައި ސޮއި ކޮށްފި.

ދިވެހި ރާއްޛޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.އޫ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާއި ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަޙުމްނާމާއަކީ އުފެއްދުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް އުފައްދާފައިވާ އެއްބަސްވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެއްބަސްވުމުގައި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމް އެވެ. އަދި އެމް.އެމް.އޭ ގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރު އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ، ދެފަރާތުން ގުޅިގެން އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި، ތަމްރީނުތައް ކުރިއަށްގެންދިޔުމުގެ އިތުރުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ. އެގޮތުން، ތަޢުލީމީ ދާއިރާގެ ތަރައްޤީއާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން، ޤައުމުގެ މަލީ ދާއިރާގެ މުސްތަޤްބަލު ބިނާކުރުމުގެ އެކި މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެވިފަ އެވެ.

އެމް.އެން.ޔޫގެ ފަރާތުން އެކި ދާއިރާތަކާއި ގުޅޭ ދަޢުލަތުގެ އިސް އިދާރާތަކާއިއެކު ވޭވޭ މިފަދަ އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިއްމު ޒުވާނުން ބިނާކޮށް، ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.