ށ. ފުނަދޫގައި 30 ތަނުގެ އައިސް ޕްލާންޓެއް ހުޅުވައިފި

ށ. ފުނަދޫގައި ގާއިމް ކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައިފިއެވެ.

ފުނަދޫ އައިސްޕްލާންޓު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނު މިހާރު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުނަދޫގައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ.

ރާއްޖޭގެ މަސްވެރިންނަސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފަސޭހައިން އައިސް ނުލިބުމުގެ ދަތިކަމެވެ. މިމައްސަލަހައްލު ކުރުމަށް، ރާއްޖޭގެ އެކި ރަށްރަށުގައި އައިސްޕްލާންޓުތައް ގާއިމްކޮށް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮުތަކުގައި ގާއިމް ކުރަ އައިސްޕްލާންޓުތައް ގާއިމްކޮށް ނިމުމުން، އައިސް ލިބުމުގެ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވަނީ ޔަގީން ކުރެވިފައެވެ.

މަސްވެރިންނަށް އައިސް، ލިބުމަށްހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އައިސް ޕްލާންޓް އިތުރުކޮށް، އޮޑި ދޯނިފަހަރުގައި ލޮނުފެނުން، މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މަގުފަހި، ކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އަހައްމިއްޔަތުކަން ދެއްވާކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.