އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް މި މަހު 20ގައި ފަށަނީ..

އެސްޓީއޯއިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް 2016 ނޮވެމްބަރ 20 ގައި ފެށުމަށް ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެ މުބާރާތް އޮންނާނީ މި މަހުގެ 20 އިން 27 އަށް މާފަންނު ސްޓޭޑިއަމް ވޮލީ ކޯޓްގައި ކަމަށެވެ. އަދި މި އަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުބާރާތުގެ ގުރުއަތުނެގުން ރޭ ބާއްވާފައިވާ އިރު، މުބާރާތުގައި ބައިވެރިވެފައިވާ 16 ޓީމް ވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ. އަދި ގްރޫޕް ސްޓޭޖް މެޗުތައް މި މަހުގެ 24 ގައި ނިމޭއިރު ކޮންމެ ގްރޫޕަކުން 2 ޓީމް ކުއާރޓަރ ފައިނަލްއަށް ދަތުރުކުރާނެއެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި އޮތީ 27 ނޮވެމްބަރގައެވެ.

މިމުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އެސްޓީއޯއިން -/10،000 ރުފިޔާގެ އެލަވަންސެއްދޭ އިރު، ޗެމްޕިއަން ޓީމަށް -/100،000 ރުފިޔާގެ އަގުހުރި އިނާމް ލިބޭނެއެވެ. ދެވަނަ ޓީމަށް 50,000/- (ފަންސާސްހާސް ރުފިޔާ)، ތިންވަނަ ޓީމަށް – 25,000/- (ފަންސަވީސްހާސް ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ. އަދި ފެއަރޕްލޭ ޓީމަށް 10,000/- (ދިހަހާސް ރުފިޔާ) ގެ އަގުހުރި އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ އެކިއެކި ވަނަތައް ހޮވާ އިނާމު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މިއީ މިހާރު ރާއްޖޭގައި ކުރިއަށްދާ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ ބަށި މުބާރާތަށްވާ އިރު، އެސްޓީއޯއިން މިމުބާރާތް ކުރިއަށްގެންދާތާ މީ 5 ވަނަ އަހަރެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.