ޣައްޒާއަށް ބޭނުންވާ އެހީގެ ތަކެތި އެތެރެ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސްލަހުން

ހަމަލާތައް ހުއްޓާލައި ސުލްޙައިގެ އެއްބަސްވުމަށް ދެފަރާތުންވެސް އެއްބަސްވުމުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ތަކެއްޗާއެކު އަންނަ ޓްރަކްތައް އެސަރަހައްދަށް ވަނުމަށް ވަނީ ކިއު ހަދާފައެވެ. ނަމަވެސް އެހީގެ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ކުރިއަށް ދަނީ ވަރަށް ލަހުން ކަމަށް އދ އިން ވެސް ވަނީ ބުނެފައެވެ.

އެހީގެ ތަކެއްޗާއެކު މިވަގުތުވެސް މިސުރު ރެޑް ކްރެސެންޓު ގެ 400 ވަރަކަށް ޓްރަކާއި، އދ. ގެ އިންސާނީ އެހީއާއުބެހޭ ޖަމިއްޔާ ގެ އިތުރު 100 ޓްރަކާއި، އަދި ގާތްގަނޑަކަށް 50 ވަރަކަށް ތެޔޮ އުފުލާ ޓްރަކު ޣައްޒާއަށް ވަންނަ ބޯޑަރުގައި އެބަ އޮތެވެ. އަދި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޣައްޒާ ބޯޑަރުގައި އިސްރާއީލުގެ ފާސްކުރުންތަކުގެ ސަބަބުން ބޯޑަރުގައި ގާފިލާތަކުން އެހީ ފޯރުކޯށްދިނުމުގައި ދަނީ ލަސްވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މެދުނުކެނޑި 2 އަހަރުދުވަހުގެ ހަނގުރާމައަށް ފަހު، އިންސާނީ އެހީއަށް ޣައްޒާގެ ރައްޔިތުން ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ޣައްޒާގެ އާބާދީގެ ބޮޑު ބައެއް މުޅިން ބަރޯސާވަނީ މި އެހީއަށެވެ.

މީހުން އިންތިޒާރުކުރަނީ ހަމައެކަނި ކާނާއަކަށް ނޫނެވެ. އޭގެ އިތުރުން ޓެންޓުތަކާއި، އުފުލޭ ހިޔާވަހިކަމާއި، ސޯލާ ޕެނަލްތަކާއި އަދި ބޭނުން ބޮޑުވެފައިވާ ސިއްޙީ އާލާތްތަކާއި ބޭސްފަރުވާގެ ތަކެއްޗަށްވެސް އިންތިޒާރު ކުރެ އެވެ.

މިއީ ވޭތުވެދިޔަ ދެ އަހަރު ވަންދެން ލިބުމުން މަހުރޫމް ކުރެވިފައިވާ ތަކެއްޗެވެ.
ޣައްޒާގެ ރައްޔިތުން ބުނަމުންދަނީ، އެންމެ އާދައިގެ އިންސާނީ އެހީއިންވެސް އެމީހުން ވަނީ މަހުރޫމް ކުރެވިފައި ކަމަށެވެ.

ކާބޯ ތަކެއްޗާއި ބޯނެ ފެން ހޯދުމަށް ތެލި ތައްޓާއެކު އެތައް އިރެއް ވަންދެން ކިޔޫގައި މަޑުކުރަން މަޖުބޫރު ކުރެވިފައެވެ.
ހަމަލާތައް ހުއްޓާލައި އަނބުރާ ގެދޮރަށް ދިއުމަށް ފުރުސަތު ލިބުނު ނަމަވެސް، މުޅި ހަޔާތް މުވަނީ ސުންނާފަތި ވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.