ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުން ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި

އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލައި، ދެބައިމީހުން ސުލްޙަވުމަށް އެމެރިކާގެ ރައީސް އިސްވެ ހުންނަވައިގެން އެކުލަވާލާފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުވާން ފެށުމަށް އެއްބަސްވުމަކާ ހަމައަށް އާދެވުމުން، އެކަމަށް ދިވެހި ސަރުކާރުން މަރްހަބާ ކިޔައިފި އެވެ.

ދިވެހި ޚާރިޖީ ވުޒާރާއިން މިކަމަށް މަރުޙަބާ ކިޔައި ނެރުނު މެސެޖެއްގައި ބުނެފައިވަނީ، މި އެއްބަސްވުމަކީ ދާއިމީ ހަމަޖެހުމެއް ގެނެސްދީ، ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ކެނޑިނޭޅި ތަޙައްމަލު ކުރަމުންދިޔަ ވޭނަށް ކުޑަމިންވަރެއްގެ ލުޔެއް ލިބުނު ކަމެއްކަމަށާއި، އަދި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގެނެސްދިނުމަށް އެޅިގެން ދިޔަ ފިޔަވަޅަކަށް ވާނެކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ސުލްއަށް ވާޞިލުވުމަށްޓަކައި، މަސައްކަތް ކުރެއްވި ޤައުމުތަކުގެ މަސައްކަތް ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށާއި، އިސްރާއީލުންވަނީ މީގެ ކުރިންވެސް ތަފާތު އެކި ފަހަރުމަތީން ސުލްހަ ގާއިމުކުރަން ވި އެއްބަސްވުންތަކާ މުޅިން ހިލާފުވެފައި ކަމަށް ވެސް މެސެޖުގައި ބުނެފައިވެ އެވެ.

މި އެއްބަސްވުމަށް އިސްރާއީލުން ފުރިހަމައަށް އިޙްތިރާމް ކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށްވެސް ދިވެހި ސަރުކާރުން ދެކޭކަމަށް މެސެޖުގައި އިތުރަށް ބުނެފައިވެ އެވެ.

ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީންއާއެކު ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެކަމަށް ޚާރިޖީ ވުޒާރާގެ މެސެޖުގައި ބުނެފައިވެ އެވެ.
އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ވެސް މެސެޖުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.