
ފްރާންސްގެ އައު ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ފްރާންސްގެ އައު ބޮޑުވަޒީރު ސެބާސްޝަން ލެކޯރްނޫ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަޤާމާއި ހަވާލުވިތާ މަހެއްވެސް ނުވަނީސް ލެކޯރްނޫ އިސްތިއުފާ ދެއްވުން ވެގެން ގޮސްފައިވަނީ، ފްރާންސްގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލި ވެގެންދާނެ ސަބަބެއް ކަމުގައި މާހިރުން ލަފާކުރެ އެވެ.
ފްރާންސްގެ ރިޔާސަތުން ދާދި ދެންމެ ނެރުނު ނޫސްބަޔާނެއްގައި ލެކޯރްނޫ އިސްތިއުފާ ދެއްވިކަން ޔަޤީންކޮށްދެއްވައި، އޭނާގެ އިސްތިއުފާ ރައީސް އިމަނުއެލް މެކްރޮން ގަބޫލުކޮށްފައިވާ ކަން ހާމަކޮށްފައިވި ނަމަވެސް، މަގާމާއި ހަވާލުވިތާ މަހެއް ފަހުން ކުއްލިއަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސެބާސްޝަން ލެކޯރްނޫ ފްރާންސްގެ ބޮޑުވަޒީރު ކަމާއި ހަވާލުވެފައިވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 9 ގައެވެ.



