ނޭޕާލަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 47 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެންގޮސް، ފެންބޮޑުވުމުގެ ސަބަބުން ނޭޕާލުގައި 47 މީހުން މަރުވެއްޖެއެވެ.

ނޭޕާލް ފުލުހުންގެ ތަރުޖަމާނު މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ފަރުބަދަމަތީ ހިސާބުތަކުން ވާރެއާއެކު ވެލިތައް ފައިބައި، އަދި ފެންބޮޑު ވުމުގެ ސަބަބުން މަގުތަކާއި ބުރިޖުތައްވެސް ބަންދުވެފައިވާ ކަމަށެވެ. އިންޑިއާގެ ބޯޑަރު ކައިރީ އަވަށެއްކަމަށްވާ އިލާމްގައި ވެސް ފެންބޮޑުވެ ބިންގަނޑު ކަނޑާއިގެން ދިއުމުގެ ސަބަބުން 35 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފާއިތުވި ހުކުރު ދުވަހުން ފެށިގެން މޫސުން ގޯސްވެ ކުރަމުންއައި ވިއްސާރައިގައި އިތުރު 9 މީހަކު ވަނީ ގެއްލިފައެވެ. ނޭޕާލްގެ ކާރިސާތަކާބެހޭ ތަރުޖަމާނު ޝާންތީ މަހަތު ބުނެފައިވަނީ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ހިސާބުތަކުން ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މިކާރިސާގެ ސަބަބުން އެގައުމުންވަނީ ހޯމަދުވަހާއި އަންގާރަ ދުވަހަކީ ބަންދު ދެދުވަސް ކަމުގައި ކަނޑައަޅާފައެވެ. އަދި ނޭޕާލްގެ ވަރަށް ގިނަ ޑިސްޓްރިކްޓްތަކަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން މިހާރުވަނީ ރަތް ސަމާލު ނެރެ، ކޯރުގެ އައްސޭރިތަކާއި ފަރުބަދައާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.