މިޝެލްއާއި ކައިވެނި ކުރުން އެއީ ހަޔާތުގައި ކުރެވުނު އެންމެ ރަނގަޅު ކަންތައް – އޮބާމާ

ކައިވެންޏަށް 33 އަހަރު، ބަރަކް ބުނަނީ މިޝެލްއާއި ކައިވެނި ކުރުން އެއީ ހަޔާތުގައި ކުރެވުނު އެންމެ ރަނގަޅު ކަންތައް ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝެލް އޮބާމާގެ ކައިވެންޏަށް 33 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ.
ކައިވެންޏަށް 33 އަހަރުވެފައިވާކަން އިޢުލާނުކޮށް އުފާފާޅު ކުރަމުން، ދެމަފިރިންގެ ފޮޓޯއަކާއެކު ސޯޝަލް މީޑީއާގައި 61 އަހަރުގެ މިޝެލް އޮބާމާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ފާއިތުވި 33 އަހަރު އެކުގައި ކުރެވިފައިވަނީ ފާހަގަކޮށްލެވޭ ފަރުގެ ހަނދާނީ ދަތުރެއް ކަމަށާއި ކައިވެނި ކުރި ދުވަހަށްވުރެ ބޮޑަށް މިއަދުވެސް ފިރިކަލުންދެކެ ލޯބިވާ ކަމަށެވެ. އަދި ބަރަކްއާއެކު ހަޔާތް ހޭދަކުރަން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ވެސް ބުނެފައިވެއެވެ.
މިމުނާސަބަތާއި ގުޅުވައިގެން ބަރަކް އޮބާމާވެސް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. ބަރަކް އޮބާމާގެ ޕޯސްޓުގައި ބުނެފައިވަނީ، ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުމަކީ މިޝެލްއާއި ކައިވެނި ކުރުމަށް ނިންމުނު ނިންމުން ކަމަށެވެ. އަދި 33 އަހަރުވަންދެން މިޝެލްގެ ހިތްވަރާއި ޒަރާފަތްތެރިކަން އަދި އަޒުމް ފެނި އާޝޯޚު ވެފައިވާ ކަމަށެވެ.
މިޝެލްއާއި ބަރަކް އޮބާމާ ކައިވެނި ކުރައްވާފައިވަނީ 03 އޮކްޓޯބަރު 1992 ގައި މިޝެލްގެ އުމުން 28 އަހަރުގައި އަދި ބަރަކް ގެ އުމުރުން 31 އަހަރުގައެވެ. އަދި ދެމަފިރިންނަށް 2 އަންހެން ދަރިން ވަނީ ލިބިފައެވެ. އެއީ 26 އަހަރުގެ މާލިއާ އަދި 23 އަހަރުގެ ސާޝާ އެވެ.
ދެމަފިރިންގެ ކައިވެނީގެ ދުވަހުގެ ފޮޓޯއެއް ހިއްސާ ކުރަމުން މިޝެލް އޮބާމާ ކުރިން ބުނެފައިވަނީ، ކައިވެނި ކުރަންއޮތް ދުވަހު ހެނދުނު ބަރަކް އޮބާމާ ހުރީ ވަރަށް ބޮޑަށް ރޯގާޖެހިފައި ކަމަށެވެ. ނަމަވެސް ކައިވެނި ކުރާ ވަގުތަށް ރަނގަޅުވެ، ޙަފްލާ ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ބަރަކްއަކީ މިޝެލްގެ ހިތްވަރު ކަމަށް ބުނަމުން ބުނެފައިވަނީ، ދިރިއުޅުމުގައި ބުރަކޮށް މަސައްކަތް ކުރުމުގެ އިތުރުން މުނިފޫހި ފިލުވައި މަޖާ ކުރުމަށް ވެސް ބަރަކް އަހަންމިއްޔަތުކަން ދީފައިވާ ކަމަށާއި، ދިރިއުޅުމުގެ އަޑިގުޑަންތަކުން އަރައިގަނެ ކުރިއަށް ދިއުމަކީ ބަރަކްއާއި ނުލައި ނުކުރެވޭނެ ކަމެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.