ޝައިޚް މުޖްތަބާ ޢަދާލަތު އިމްރާންއަށް: ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިތޯ؟

ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިތޯ ޝައިޚް މުޖްތަބާ ޢަަދާލަތު ޕާޓީގެ ރައީސް އިމްރާންއަށް ސުވާލު ކުރައްވައިފި އެވެ.
ޖަމިއްޔަތުއް ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ހަމީދު މިހެން އައްސަވާފައި ވަނީ އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެޕޯސްތުގައި ވިދާޅުވެފައި ވަނީ، މިއަދުވެސް ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާންއާ ކޮށްލަން އޮތް ސުވާލަކީ ހަމަ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން 2012 ގައި ނިކުތުމާއި، 2015 ގެ މޭޑޭގައި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ނިކުތުމާ މެދު ވެސް ކުރިމަތިކުރި ސުވާލު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި އެއީ، ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިތޯއާއި، އެކަމަށް ކީރިތި ޤުރްއާނާއި ސުންތުން އޮތް ޙުއްޖަތަކީ ކޮބައިތޯއެވެ؟

”މިއަދުވެސް އަޅުގަނޑު ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާންއާ ކޮށްލަން އޮތް ސުވާލަކީ، ހަމަ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން 2012 ގައި ނިކުމެގަތުމާއި، 2015 ގެ މޭޑޭގައި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ނިކުމެގަތުމާ މެދު އަޅުގަނޑުމެން ކުރިމަތިކުރި ސުވާލެވެ. އެއީ، ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިހެއްޔެވެ؟ އެކަމަށް ކީރިތި ޤުރްއާނާއި ސުންތުން އޮތް ޙުއްޖަތަކީ ކޮބައިހެއްޔެވެ؟“

އައްޝައިޚް މުޖްތަބާ މިފަދައިން ސުވާލު ކުރައްވާފައިވާއިރު ދާދި ފަހުން މިސަރުކާރަށް ފާޑުކިޔައި، އަދި ވެރިކަން ވައްޓާލަން މަގުމައްޗަށް ނިކުތުމަށް ގޮވާލާފަދަ މޭރުމަކުން ޢަަދާލަތު އިމްރާން ވާހަކަ ދައްކަވާފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

އަދި މިސަރުކާރަށް ފާޑުކިޔައި ވެރިކަން ވައްޓާލުމަށް ޢަަދާލަތު އިމްރާން ގޮވާލައްވާފައިވާއިރު، މީގެކުރިން ރައީސް ނަޝީދު އަދި ރައީސް ޔާމިންގެ ވެރިކަމުގައި ވެސް މަގުމައްޗަށް ނިކުންނަވައި، ޤައުމު ހަލަބޮލި ކުރުމުގައި އިމްރާން ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ.

އޭގެ ތެރޭގައި ފާހަގަ ކޮށްލެވެނީ ރައީސް ޔާމީންގެ ވެރިކަމުގައި މަގުމައްޗަށް ނިކުމެ ކުރި މުޒާހަރާތަކުގައި، ޝައިޚް އަފްރާޝިލް އަވަހާރަ ކޮށްލުމުގައި ރައީސް ޔާމީންގެ އަތެއް ވާކަމަށް ތުހުމަތުކޮށް، އެކަމުގެ ކިތާބީ ހެކި ހުރިކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކެވެ. ނަމަވެސް ވެރިކަން ބަދަލުވެ އިމްރާންއަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމުން ވެސް، އެދުވަހު ދެއްކެވި ”ކިތާބީ ހެކިތައް“ ދެއްކިފައި ނުވުމުގެ އިތުރުން އަފްރާޝިމްގެ ޤާތިލުން ވެސް ހޯދިފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މެއިޑޭގެ މުޒާހަރާގައި ހަމަނުޖެހުން އުފެއްދުމުގައި އިސް ރޯލެއް އަދާކުރެއްވުމުން ހައްޔަރު ކުރެވި، ޖަލުގައި ވެސް އެތައް ދުވަހެއް ވަނީ ހޭދަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.