ސްކޫލް އިމާރާތެއް ވެއްޓި 3 ކުދިން މަރުވެ 38 ކުދިން އިމާރާތް ދަށުވެފައި

އިންޑޮނީޝިއާގެ އިރުމަތީ ޖާވާ ޕްރޮވިންސްގައި ހުންނަ އިސްލާމީ ތަޢުލީމުދޭ ބޯޑިންގ ސްކޫލެއްގެ އިމާރާތުގެ ބައެއް ވެއްޓި، 3 ކުދިން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. 

އަލް ޚޮޒްނީ އިސްލާމިކް ބޯޑިންގ ސްކޫލްގައި ހިނގި މި ހާދިސާގައި 3 ކުދިން މަރުވެފައިވާއިރު 38 ކުދިން ވަނީ އިމާރާތުގެ ދަށުގައި ތާށިވެފައެވެ. ސާޗް އެންޑް ރެސްކިއު އެޖެންސީގެ އިސްވެރިޔާ މުޙައްމަދު ޝާފީއާއި ހަވާލާދީ ރަސްމީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާގައި 99 ކުއްޖަކު ސަލާމަތްވެފައިވާއިރު އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންޑޮނީޝިއާގެ ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިހާދިސާގައި އަނިޔާލިބުނު 77 ކުދިން އެސަރަހައްދުގެ އެކި ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދެވިފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދެވެނީ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކުދިން ސަލާމަތް ކުރުމަށް ކަމަށާއި، ހާދިސާ ހިނގި ސައިޓަށް ގޮސް އިމާރާތުގެ ނުވެއްޓި ހުރި ބައިގެ ހާލަތު ބަލައި، އިމާރާތް އެއްކޮށް ހުސްކުރުމަށް ކަމަށެވެ. 

މިހާދިސާ ހިނގާފައިވަނީ އަޞްރު ނަމާދަށް ކުދިން ޖަމާވި ވަގުތުގައި ގަޑިން 3:00 ހާއިރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.