ފާއިތުވި ހަފްތާގައި 46 އެކްސިޑެންޓް، 3 މީހަކަށް ސީރިއަސް އަނިޔާ ވެފައިވޭ: ފުލުހުން

ފާއިތުވި ހަފްތާގައި މާލެއާއި ބުރިޖު އަދި ހައިވޭ ސަރަހައްދުގައި 46 އެކްސިޑެންޓްވެ، 3 މީހަކަށް ސީރިއަސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ފާއިތުވި ހަފްތާގެ ޓްރެފިކް ށްޓެޓިސްޓިކްސްއިން ދައްކާގޮތުގައި، ސެޕްޓެމްބަރު 21 އިން 27 އަށް މާލެ، ބުރިޖު އަދި ހައިވޭ ސަރަހައްދުގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ. އޭގެތެރެއިންވެސް އެންމެ ގިނަ އެކްސިޑެންޓްވެފައި ވަނީ މާލެތެރޭގައެވެ. މާލެތެރޭގައި 39 އެކްސިޑެންޓް ހިނގައި، ބުރިޖު އަދި ހައިވޭގައި ވެފައިވަނީ 7 އެކްސިޑެންޓެވެ.

މިއެކްސިޑެންތަކުގައި 11 މީހަކަށް އަނިޔާވެފައިވާއިރު 3 މީހުންނަށް ސީރިއަސް އަނިޔާ ވެފައިވެއެވެ. އަދި 45 ވެހިކަލްއަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު އެންމެ ގިނަ ކަމަށް ފާހަގަ ކޮށްލެވެނީ ސައިކަލާއި އެހެން ވެހިކަލް ޖެހި ހިނގާފައިވާ އެކްސިޑެންޓްތައް ނިސްބަތުން ގިނަ ކަމެވެ. އެގޮތުން ސައިކަލާއި ކާރު ޖެހި 11 އެކްސިޑެންޓް، ސައިކަލާއި ސައިކަލު ޖެހި 8 އެކްސިޑެންޓް، ސައިކަލްއާއި ވޭން ޖެހި 3 އެކްސިޑެންޓް، ސައިކަލްއާއި ބަސް ޖެހި 2 އެކްސިޑެންޓްގެ އިތުރުން ސައިކަލްއާއި ހިނގާމީހުން ޖެހި ވެސް އެކްސިޑެންޓް ވެފައިވެއެވެ.

މަގުމަތީގައާއި ބުރިޖު އަދި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ވެސް، ސްޕީޑްއަށް ބަލާލުމެއްނެތި ދުއްވުމުގެ ސަބަބުން އަދިވެސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އެއް ހަފްތާއިން އަނެއް ހަފްތާ އިތުރުވަމުންދާކަން ފުލުހުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.