
ވޯލްޑް ކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން އަށް ވެސް ފަސޭހަ މޮޅެއް.
2018 ވަނައަހަރު ރަޝިއާގައި ބޭއްވޭ ވޯލްޑް ކަޕް ކޮލިފައި ވުމަށް ޔޫރަޕްގެ ޒޯންގެ ގުރޫޕް ޖީ ގައި ހިމެނޭ ސްޕެއިން އާއި އިޓަލީ ރޭ ކުޅުނު މެޗްތަކުން ފަސާހެ މޮޅެއް ހޯދައިފިއެވެ.
ސްޕެއިން އަދި މެސަޑޯނިއާ ދެކޮޅަށް ކުޅުނު މެޗް 0-4 ގެ ނަތީޖާއިން ކާމިޔާބުކުރި އިރު އިޓަލީ ލިކްޓެންސްޓައިންއާ ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ސްޕެއިންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި ސްޕެއިންގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ފުރަތަމަ ލަނޑަކީ މެސަޑޯނއިާގެ ވެލޮސްކީ އަތުން ބައިކޮަޅަށް ވަން ލަނޑެކެވެ.
ސްޕެއިން އިން ޖެހި އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ވިޓޯލާ އާއި އާސެނަލްއަށް ކުޅެމުންދާ ނަޗޯ މެންރެއާލްގެ އިތުރުން ސްޕެއިންގެ ތަޖުރިބާ ކާރު ކުޅުންތެރިޔާ އެތުލެޓިކް ބިލްބޯއާގެ އަޑޫރިޒްއެވެ.
އިޓަލީ ލިކްޓެންސްޓައިންއާ ދެކޮޅަށް ކުޅުނެ ފަސޭހަ މޮޅެއް ހޯދިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ އެންޑްރީ ބެލޮޓީ، ކެންޑްރޭވާ އެވެ. މީގެން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ދެ ލަނޑު ޖަހައިދީފައެވެ.

ރޭގެ މޮޅާއެކު ސްޕެއިންނާއި އިޓަލީ އަށްވެސް 10 ޕޮއިންޓް ޕޮއިންޓް ލިބިފައި އޮތްއިރު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއް ވަނަ ލިބެނީ ސްޕެއިން އަށެވެ. އެއް ޕޮއިންޓެއްގެ ތަފާތުން ގުރޫޕްގެ ތިން ވަނައިގައި އޮތީ އިޒްރޭލެވެ
އިޒްރޭލްވެސް ވަނީ 0-3 ގެ ނަތީޖާއިން އަލްބޭނިއާގެ މައްޗަށް ކުރިހޯދާފައެވެ.
ޔޫކްރޭން އަދި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗް 1-0 ން ކާމިޔާބު ކޮށްފައިވަނީ ޔުކްރެއިންނެވެ.
މިރޭ ކުޅޭ ފޯރިގަދަ މެޗްތަކަށް ބަލާލާއިރު ހޮލެންޑާ ލްގްޒަންބާގް ކުޅޭ މެޗާއި ޕޯޗްގަލް އާއި ލެޓްވިއާ ކުޅޭ މެޗާއި ބެލްޖިއަމް އާއި އެސްޓޯނިއާ ކުޅޭ މެޗް ފާހަގަ ކޮށްލެވެއެވެ.



