ސާބިއާ އަތުން އެއްވަރުވެ ވޯލްޑްކަޕަށް ކޮލިފައިވުމަށް ވޭލްސްއަށް ބޮޑެތި ހުރަސްތަކެއް.

2018 ވަނަ އަހަރު ރަޝިއާގައި ބޭއްވޭ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ރޭ ސާބިއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ވޭލްސް އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.

ރޭގެ މެޗަށް ފަހު ވޭލްސް އަދިވެސް އޮތީ ހަ ޕޮއިންޓާއި އެކު ގްރޫޕް ޑީގެ ތިން ވަނާގައެވެ. ދެވަނާގައި ސާބިއާ އޮތީ އަށް ޕޮއިންޓާއި އެކުއެވެ. އެއްވަނާގައި އޮތް ރިޕަބްލިކް އޮފް އަޔަލޭންޑްއަށް ލިބެނީ 10 ޕޮއިންޓެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވޭލްސްގެ ކާޑިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ސާބިއާގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔަނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި ވޭލްސްއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑުގެ ފޯވާޑް ގެރެތް ބޭލްއެވެ.

ވޭލްސްގެ މި ގޯލަށް ފަހު ވެސް މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާ ވޭލސްގެ ގޯލަށް ނުރައްކާ ކުރަމުން ގެންދިޔައީ ސާބިއާއެވެ. އެގޮތުން  ނިއުކާސަލް އަށް ކުޅެމުންއަންނަ އެލެކްސެންޑާ މިޓްރޮވިޗް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ވޭލްސްގެ ގޯލަށް ފޮނުވާލާފައެވެ. އެހެން ނަމަވެސް ވޭލްސްގެ ކީޕަރު ވަނީ ހުސިޔާރު ކަމާއެކު މި ހަމަލާތަށް މަތަކޮށްފައެވެ.

މި މެޗުގައި ސާބިއާއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ހުނަރުވެރި ފޯވާޑް އަދި މި މެޗުގައި މޮޅުކުޅުމެއް ދެއްކި މިޓްރޮވިޗްއެވެ.

ކޮލިފައިންގައި ބާކީ ހަ މެޗު ކުރިއަށްއޮތް އިރު ވޭލްސްއަށް ދެން އޮތީ ވަރުގަދަ އިމްތިހާނެކެވެ. މިމަހު 25 ވަނަ ދުވަހު ރަށުން ބޭރުގައި ވޭލްސް ނުކުންނާނީ އަޔަލޭންޑްއާ ދެކޮޅަށެވެ. މި މެޗުން ބަލިވެއްޖެ ނަމަ ވޭލްސް އަށް ކޮލިފައިވުމަށް އަނެއްކާ އިތުރު ހުރަސްތަކެއް ކުރިމަތިވާނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.