އަމަން އަމާންކަން ދެމެހެއްޓުމަށް ޣައްޒާގައި އެކިޤައުމުތަކުގެ އަސްކަރީ ސިފައިން ބައިތިއްބަން ބޭނުން – ޓްރަމްޕު

އަމަން އަމާންކަން ދެމެހެއްޓުމަށް ޣައްޒާގައި އެކިޤައުމުތަކުގެ އަސްކަރީ ސިފައިން ބައިތިއްބަން ބޭނުންވާކަމަށް ޓްރަމްޕ ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރާއީލުން ފަށާފައިވާ ހަނގުރާމަ ހުއްޓާލައި، އަމަންއަމާންކަން ދެމެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެސަރަހައްދުގައި އެކި ޤައުމުތަކުގެ އަސްކަރީ ސިފައިން ބައިތިއްބަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޣައްޒާގައި އަސްކަރީ ސިފައިން ހަރަކާތްތެރިވާން ބޭނުންވާކަމަށް ބުނެ، މިޕްލޭން އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށްވެސް މިއަދު ހުށަހަޅަން ވަނީ ނިންމާފައެވެ. އެގޮތުން ސައުދީއަރަބިއްޔާ، ޤަތަރު، ޔޫއޭއީ، މިސްރު، އުރުދުން އަދި ތުރުކީގެ އިތުރުން އިންޑޮނީޝިއާއާއި ޕާކިސްތާންގެ އިސްވެރިންނާއި ބައްދަލުކޮށް ޕްލޭން ހުށަހަޅައި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވަނީ މީޑީތަކުގައި ބުނެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިހާރު އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދގެ ގެނަރަލް އެސެމްބްލީގެ ބައްދަލުވުންތަކުގެ ތެރެއިންނެވެ.

މީގެއިތުރުން ނަން ހާމަކުރަން ބޭނުންނުވާ އިޒްރާއީލް އަދި އަރަބި ދުނިޔޭގެ ފަރާތްތަކުން ބުނެފައިވަނީ، މިބައްދަލުވުމުގައި މަޝްވަރާކުރާނީ މިޤައުމުތަކުގެ އަސްކަރިއްޔާ ޣައްޒާއަށް ފޮނުވުމަށާއި އަދި މިކަމުގެ ސަބަބުން އިޒްރާއީލްގެ އަސްކަރިއްޔާ އެސަރަހައްދުން ފައިބާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ޣައްޒާ އަލުން އިމާރާތް ކުރުމަށާއި، އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ގޮތަކާއި އެކަމަށް ފަންޑު ކުރާނެ ގޮތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރާނެކަމަށް ބެލެވެ އެވެ.

މިބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ، އެސަރަހައްދުގައި ސުލްޙަ ޤާއިމްކުރުމާއި ބެހޭގޮތުން ފްރާންސް އަދި ސައުދީގެ އިސްނެގުމަކުން އދ ގައި ބޭއްވި ބައދަލުވުމެއްގައި ބުނެފައިވަނީ، ސުލްޙަ ޤާއިމްކުރުމަށް އަސްކަރީ އެހީތެރިކަން ދިނުމަށް އެޤައުމުން ތައްޔާރު ކަމަށެވެ.

ޣައްޒާގެ މިޕްލޭން ތައްޔަރުކުރުމުގައި އިޒްރާއީލްގެ އެއްވެސް ބައިވެރިވުމެއް ނެތްކަމުގައިވިނަމަވެސް، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މިޕްލޭންއާއިބެހޭ މަޢުލޫމާތު ދެވިފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި މިޕްލޭންގައި ފަލަސްތީންގެ ސަރުކާރު (ޕީއޭ)ގެ ބައިވެރިވުމެއް އެކުލެވިގެންވާނެ ކަމަށާއި، އެކަމާ އިޒްރާއީލުން ނުރުހުން ފާޅުކުރާކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޓްރަމްޕް އެކުލަވާލާފައިވާ މިޕްލޭންގެ ސަބަބުން އެސަރަހައްދުގައި ޙަމާސްގެ ރޯލް މުޅިންހެން ނެތިގެންދާނެކަމަށް އެމެރިކާއާއި އިޒްރާއީލުންވެސް ވަނި ލަފާކޮށްފައެވެ. އަދި ޙަމާސް އެސަރަހައްދުން އެއްކޮށް ނައްތާލުން އެއީ އެމެރިކާއާއި އިޒްރާއީލުންވެސް ކުރަމުންދާ ޑިމާންޑެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.