
ސަޢުދީ ޢަރަބިއްޔާގެ އިސް މުފްތީ އަވަހާރަވެއްޖެ
ސަޢުދީ ޢަރަބިއްޔާގެ އިސް މުފްތީ އައްޝައިޚް ޢަބްދުލް ޢަޒީޒް އާލުއް ސައިޚް އަވަހާރަވެއްޖެ އެވެ.
ޝައިހް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ. ސަޢުދީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަނީ އެކަން ހާމަކުރައްވާފަ އެވެ.
ޝައިހް ޢަބްދުލް ޢަޒީޒް އާލުއް ޝައިހް އަކީ މި ފަހުން ދުނިޔެ ދުށް އެންމެ ބޮޑު އިލްމުވެރީންގެ ތެރޭން ބޭފުޅެކެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަރަފާތު ބިމުގައި ހުތުބާ ދެއްވާފައިވެ އެވެ.
އިސް މުފްތީ އަވަހާރަވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ މުފްތީގެ ޖަނާޒާ މިއަދުގެ ޢަޞްރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސާފަ އެވެ. ޖަނާޒާ އޮތީ ރިޔާދުގެ އަމީޔޫ އިމާމު އަހްތޫރުކީ ގަ އެވެ.
މީގެ އިތުރުން ދެ ޙަރަމްފުޅާއި ސަޢުދީގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ޝައިޚް ޢަބްދުލް ޢަޒީޒް އާލުއް ސައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ސަޢުދީ ރަސްގެފާނު ވަނީ އަންގަވާފަ އެވެ.



