ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި

ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ 2 ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، މިދެބިދޭސީން ހައްޔަރުކޮށްފައިވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށާއި އެފަދަ މީހުން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް، އަދި ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންމިހާރު ފަށާފައިވާ ގައުމީ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން މި މަހު 22 ވަނަ ދުވަހު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުމަށްފަހު ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކުރެވުނު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފެނުނު ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ޕެކެޓު އަދި ސިނގިރޭޓާއި ދުންފަތުގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ހިމެނެއެވެ.
މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 2 ރައްޔިތުން ކަމަށްވާ އެމްޑީ ޝަމިމް މިއާ، (37އ) އާއި އަލައުއްދީން (22އ) އެވެ.
ތިން މުއައްސަސާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ފުލުހުންގެ 13 އޮފިސަރުންނާއި އިމިގްރޭޝަންގެ 3 އޮފިސަރުން އަދި ކަސްޓަމްސްގެ 3 އޮފިސަރަކު ބައިވެރިވެފައިވެއެވެ. އަދި ގާނޫނާއި ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކަން ފޯރުކޮށްދޭ ދިވެހިން ހޯދައި، އެފަދަ ފަރާތްތަކޭމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިމައްސަލަ ދިވެހި ފުލުހުންގެ އިދާރާއިން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.