ޑްރަގާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ފެންނާނެ: ވަޒީރު

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިއަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ފެންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ތ. ބުރުނީގައި މިއަދު ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ވަޒީރު ވަނީ އަޑުއައްސަވާފަ އެވެ.

ބުރުނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ބުރުނީގައި މި އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ގާއިމްވެގެންދާނެ ކަމަށެވެ.

ޑްރަގުގެ ވަބާއިން މުޅި ރާއްޖެ ސަލާމަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޑްރަގުގެ މައްސަލައަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ ކަމަށެވެ.

އަދި މީގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ފެނިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.

”ކުރިން މި ސިޔާސަތު އޮތީ ޑްރަގު ބޭނުންކުރާ ފަރާތްތައް ހިފާ ހައްޔަރުކުރުމަށް. އޭގެ ބަދަލުގަ މިހާރު އަޅުގަނޑުމެން މިހާރު މިދަނީ ޑްރަގު ވިއްކާ އޭގެ ވިޔަފާރި ކުރާ މީހުން ފަހާ. އެހެންކަމުން މިކަމަށް އަޅުގަނޑުމެން ދާއިމީ ހައްލު ގެނެސްދޭނަން.“ ވަޒީރު

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު ވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1580 މީހުން ހައްޔަރުކޮށް 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައެވެ.

ދާދި ފަހުން ވަޒީރު ވަނީ ސަރުކާރުން މަސައްކަތް ކުރަނީ މަސްތުވާތަކެތި އެތެރެވާ މިންވަރު މަދުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށް ކަމަށްވެސް ވިދާޅުވެފަ އެވެ.

އެގޮތުން މިހާތަނަށް ސަރުކާރުން ކުރެވުނު މަސައްކަތުގެ ތެރެއިން 726 ކިލޯގެ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައިވާ ކަމަށާއި މީގެ އިތުރުން 14200 ރާފުޅިވެސް ހިފެހެއްޓިފައިވާކަން ވަޒީރު ވަނީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފާހަގަކުރައްވާފަ އެވެ. އެ ހުރިހާ އެއްޗެއްގެ މަގުމަތީގެ އަގު 1.4 ބިލިޔަން ރުފިޔާއަށް އަރާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޢުދުފުޅާއި އެއްގޮތަށް މިހާރުވެސް ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދެވޭނެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ދާޚިލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެ ރަށްތަކަކީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމެވެ.

ސަރުކާރުން މިމައްސަލައަށް ދާއިމީ ހައްލެއް ގެންނައިރު ޤާނޫނުގެ ތެރެއިން މަސްތުވާތަކެތީގެ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.