ދައުލަތުގެ ބަޖެޓާއި ގުޅޭ މަޢުލޫމާތުތަކާއި މަޝްރޫއުތަކަށް ކުރާ ޚަރަދުތަކުގެ މަޢުލޫމާތު ހޯދުމަށް ގިނަ ބަޔަކު ބޭނުންވޭ: ފިނޭންސް މިނިސްޓަރ

ދައުލަތުގެ ބަޖެޓާއި ގުޅޭ މަޢުލޫމާތުތަކާއި މަޝްރޫއުތަކަށް ކުރާ ޚަރަދުތަކުގެ މަޢުލޫމާތު ހޯދުމަށް ގިނަ ބަޔަކު ބޭނުންވާކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކުރާ ޚަރަދުތަކާއި ދައުލަތުގެ ބަޖެޓާއި ގުޅޭ މަޢުލޫމާތުތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އަތްމަތީ ފޮތެއް ނެރެ، ޚާއްޞަ ވެބްސައިޓް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފިނޭންސް މިނިސްޓްރީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މިއަދު މި ތަޢާރަފްކުރި ވެބްސައިޓާއި ފޮތުގައި ބަޖެޓާއި ފިނޭންސް މިނިސްޓްރީން މުހިއްމު ކަންކަމަށް ކުރާ ހޭދަތަކުގެ ތަފްޞީލްތައް ފަސޭހަ ކަމާއެކު ބަލާލެވޭ ގޮތަށް ހިމަނާފައިވާނެ ކަމަށެވެ.

އަދި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން އެ މަޢުލޫމާތު އެހާ ތަފްޞީލްކޮށް މީގެކުރިން ލިބެން ނެތުމަކީ އުނިކަމެއް ކަމަށާއި މި ވެބްސައިޓް އަންނަ އަހަރުން ފެށިގެން ޤަވާޢިދުން އަޕްޑޭޓް ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ މުވައްޒަފުންނަކީ ވަކި މީހެއްގެ ވަށައިގެން އެބުރޭ ބައެއް ނޫން ކަމަށާއި އެމީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މަޢުލޫމާތު ހާމަކުރުމަށް އެމިނިސްޓްރީން ޚާއްޞަ އިސްކަމެއްދޭނެ ކަމަށްވެސް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 26.8 ބިލިއަން ރުފިޔާކަމަށް މިމަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގައިވަނީ ވިދާޅުވެފައެވެ.

މީގެ ތެރެއިން 49 އިންސައްތަ ނުވަތަ 13.2 ބިލިއަން ރުފިޔާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ޚަރަދުކުރުމަށް ހަމަޖައްސާފައިވާ އިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 51 އިންސައްތަ ނުވަތަ 14 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.