61 މީހުނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

61 މީހުންނާއެކު ދިއްދޫއަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިވާން ފަށައިފި އެވެ.  

މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދިއުމަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”މެގަ ހޯރަ“ ނަމަކަށް ކިޔާ 98 ފޫޓުގެ މިބޯޓު 61 މީހުންނާއެކު މާލެއިން ފުރައިގެން ދަތުރުކުރަނިކޮށް، ނ. ވަވަތިކުރޮޅިއަށް ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިޚަބަރު އެމްއެންޑީއެފް އަށް ރިޕޯޓު ކުރުމުން އެހީތެރި ވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. 

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާއެކު މިވަގުތު އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު، ކޮށްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.