77 އަހަރު ފަހުން އިނގިރޭސި ވިލާތުން ފަލަސްތީން ދައުލަތެއް ގޮތުގައި ބަލައިގަނެފި

ފަލަސްތީންގެ ބިން އިޒްރާއީލަށް ގަދަކަމުން ހަދިޔާކުރިތާ 77 އަހަރު ފަހުން އިނގިރޭސިވިލާތުން ފަލަސްތީން ދައުލަތެއް ގޮތުގައި ބަލައިގަނެފި އެވެ. 

ފަލަސްތީނުގައި ޔަހޫދީންގެ ދައުލަތެއް ގާއިމްކުރުމަށް ބަލްފޯރ ޑެކްލަރޭޝަންއިން މަޖުބޫރުކުރިތާ 108 އަހަރުފަހުން، އިނގިރޭސިވިލާތުން ފަލަސްތީންއަކީ ވަކި ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ނިންމާފައިވާކަމަށް، އެގައުމުގެ ބޮޑުވަޒީރު ކެއިރް ސްޓާމަރ އިޢުލާނު ކޮށްފި އެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިންމުން ނިންމާފައިމިވަނީ އިނގިރޭސިވިލާތުގެ ފުރިހަމަ ސަޕޯޓާއި މަދަދާއެކު، ފަލަސްތީނަކީ ޔަހޫދީންގެ ގައުމެއްގެ ގޮތުގައި ކަނޑައަޅައި، ގަދަކަމުން ފަލަސްތީންގެ ބިންތައް ހަލާކުކޮށް ގެތަކަށް ވެރިވެ، ނަކްބާގެ ޤަތުލުއާންމު ހިންގައި އިޒްރާއީލްގެ ދައުލަތެއް ގާއިމްކުރިތާ 77 އަހަރު ފަހުންނެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ޓީވީތަކަށް ދިން ވީޑިއޯ ސްޓޭޓްމަންޓެއްގައި ސްޓާމަރ ބުނެފައިވަނީ، ”މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ބިރުވެރިކަމުގެ ތެރެއިން، އެގައުމުން މަސައްކަތް މިކުރަނީ ދެ ދައުލަތެއް އުފައްދައި، އަމަންއަމާންކަން ގާއިމްކުރެވޭތޯ“ ކަމަށެވެ. 

އެގައުމުން މީގެކުރިން ފާއިތުވި ޖުލައިމަހު ބުނެފައިވަނީ، ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުން މަޑުޖައްސާލައިގެން ތިބިތިބުން ބަދަލުކުރާނެ ކަމަށާއި، ނަމަވެސް މިކަން ކުރާނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލައި، ދެ ދައުލަތުގެ ހައްލެއް ގެނެސްދޭފަދަ ދެމެހެއްޓެނިވި ދިގު މުއްދަތެއްގެ ސުލްހައިގެ މަސައްކަތަކަށް އެއްބަސްވެ، އަދި އެ ސަރަހައްދަށް އިތުރު އެހީ ވަނުމަށް ހުއްދަދިނުމުން ކަމަށެވެ.

ނަމަވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިޒްރާއީލުން ގައްޒާ ހިފުމަށް ދެމުންދިޔަ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް، ހަނގުރާމައިގައި ތާށިވެފައިތިބި ނިކަމެތި ރައްޔިތުން ބަނޑަށްޖެއްސުމަށް އެހީއާއިއެކު އަންނަ ޤާފިލާތައް ވަނަނުދީ ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ޣައްޒާގެ މަސްރަޙު ވަނީ އިތުރަށް ގޯސްވެފަ އެވެ. 

މީގެއިތުރުން ގަދަކަމުން ހިފާފައިވާ ވެސްޓްބޭންކަށާއި ޣައްޒާއަށް މެދުނުކެނޑިދޭ ޙަމަލާތަކުގެ އިތުރުން، އެގައުމުގް ބިންތަކަށް ގަދަކަމުން ވެރިވެގަނެފައިވާ ޔަހޫދީންގެ ދުއްތުރާތައްވެސް ހުއްޓުމެއްނެތި ދަނީ ދެމުންނެވެ.

މި ކަންތައްތައް މިހެން ހިނގަމުންދާއިރު، އިސްރާއީލުން ދަނީ ފަލަސްޠީނުގެ އެ ސަރަޙައްދު މުޅިން ހިފުމުގެ ނުބައި ރޭވުންތައްވެސް ރާވަމުންނެވެ.

އަދި އޭގެ އިތުރުން، އިސްރާއީލުން އަތުލައިގެން ހުރި އިރުމަތީ ޖެރޫސަލަމަކީ ވެރިކަން ކުރާ ރަށް ކަމުގައި ކަނޑައަޅައި، އެއްކޮށް ގުޅިފައިވާ ފަލަސްޠީނު ދައުލަތެއް އުފެއްދުމުގެ ޚިޔާލު ”ވަޅުލުމުގެ“ މަސައްކަތް ވެސް ކުރަމުން ދެ އެވެ.        

ފަލަސްތީން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އިޒްރާއީލްއާއި އެންމެ ގާތް ގުޅުމެއް ބާއްވާ އެމެރިކާއިން ވަނީ ދެކޮޅުހަދައި، އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ފާއިތުވި ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް ކުރި ޒިޔާރަތުގައި، މިނިންމުމާއި ދެކޮޅުހަދައި، އިތުރު ވިސްނުމަކަށް ދިއުމަށް ވަނީ އެދިފަ އެވެ.            

އިނގިރޭސިވިލާތާއެކު ކެނެޑާ އަދި އޮސްޓްރޭލިއާއިންވެސް ވަނީ ފަލަސްތީން ވަކި ދައުލަތެއް ގޮތުގައި ބަލައިގަތުމަށް ނިންމާފަ އެވެ.
އެކުވެރި ދައުލަތްތަކުގެ 80 ވަނަ ޖެނަރަލް އެސެމްބްލީ ފެށުމަށް 2 ދުވަހަށް ވެފައިވަނިކޮށް އޮސްޓްރޭލިއާއާއި ކެނެޑާއިން މިނިންމުން ނިންމާފައިވާއިރު، މިފަހަރުގެ އެސެމްބްލީގައި ފަލަސްތީން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.