ދިވެހިރާއްޖެއިން އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ގުޅުނުތާ 60 އަހަރު ފުރުން

މިއަދަކީ ދިވެހިރާއްޖެއިން އ.ދ. އާއި ގުޅުނުތާ 60 އަހަރު ފުރޭ ދުވަހެވެ. މި ވޭތުވެދިޔަ 60 އަހަރު ދިވެހިރާއްޖެ އިން ވަނީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު އިސްކޮށް، މަލްޓިލެޓަރަލިޒަމް އާއި ޞުލްޙަ މަސަލަސްކަމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިސްކުރުމަށް އ.ދ. އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނެވި ތަރައްޤީއާއި، އިންސާނީ ޙައްޤުތަކާއި، ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތާއި ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެގޮތުން، އ.ދ. އިން ވަނީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަމާއި، ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

WhatsApp%20Image%202025 09 21%20at%2017.02.30 1758456513695

ދިވެހިރާއްޖެއިން އ.ދ. ގައި ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އ.ދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރިހަމަކޮށް، އ.ދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، ބައިނަލްއަގުވާމީ ގޮތުން ޑިޕްލޮމަސީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމާއި ބާރުވެރިކުރުމަށް ވަކި ދުވަހެއް ކަނޑައެޅުމަށް އ.ދ. ގައި ޤަރާރެއް ފާސްކޮށްފަ އެވެ.

މީގެ އިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި ބައިވެރިވުން އިތުރުކުރުމަށް ވޮލަންޓަރީ ޓްރަސްޓް ފަންޑެއް އުފެއްދުމާއި، އަދި އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ގްރެޖުއޭޓްވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމުގައްޔާއި ކުދި ޤައުމުތަކުގެ ޙިމާޔަތާއި ސަލާމަތަށް މަސައްކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ވަނީ އިސްދައުރެއް އަދާކޮށްފަ އެވެ.

މި ޚާއްޞަ މުނާސަބަތު ފާހަގަކުރަމުންދާއިރު އ.ދ. ގެ ޗާޓަރުގެ އުޞޫލުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މުޖްތަމަޢުއާއެކު ދިވެހިރާއްޖެއިން މަސައްކަތް ކުރުންމަތީ ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި އ.ދ. އާއެކު ދިވެހިރާއްޖެއިން އިތުރަށް ގުޅުން ބަދަހިކޮށް، ކުދި ޤައުމުތަކުގެ ދިފާއުގައި އަޑު އުފުލައި، އިންސާފުވެރި، ހަރުދަނާ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް މަސައްކަތްކުރަމުން ދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.