
ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ބިންގާ އަޅައިފި
ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދަރަނބޫނދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެންބަރު އަދި ކައުންސިލް އިދާރާގެ ރައީސް ވެސް ރަސްމިއްޔާތު ބިންގާ އަޅައިދެއްވި އެވެ.
ފ. ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.



