މިނިވަން ޗެމްޕިއަންޝިޕް 2016 އޭދަފުށި ކާމިޔާބު ކޮށްފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއިން މޮޅުވެ  އޭދަފުށި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗު ފެށިގެން 10 ވަނަ މިނެޓްގައި އޭދަފުށީ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑުގަފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާމީ އިބްރާހިމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސާމީ މި ލަނޑު ޖަހާފައިވަނީ ތިމަރަފުށީގެ ޕެނަލްޓީ އޭރިއާގެ ބޭރުން އިރު ދެކުނުފަރާތުގައި ހުރެ ފޮނުވާލި ބާރުހަމަލާ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ބޯ މަތިން ސީދާ ގޯލްގެ ކަނަށް ވައްދާލައިގެންނެވެ.

މި ލަނޑަފަހު ތިމަރަފުށީ ޓީމުން އިތުރު ހިއްވަރެއްލާ ލަނޑުޖަހަން ގިނަ  މަސައްކަތް ތަކެއް ކުރމުންދިޔައެވެ. އެގޮތުން ތިމަރަފުށީގެ އާދަމް ނާސިހް ވަނީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކައްވީ ރާއްޖޭގެ ބޮޑެތި ކުލަބުތަކައްވެސް ކުރިން ކުޅެފައިވާ ތަޖުރިބާ ކާރު ކީޕަރު އަބްދުﷲ ޒިޔަޒަންއެވެ.
އޭދަފުށި ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު
ދެ ވަނަ ހާފު ފެށިގެންވެސް ތިމަރަފުށިން ދިޔައީ ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ނުރައްކާތެރި ހަމަލާތަކެއް އޭދަފުށީގެ ގޯލަށް ފޮނުވާލާފައިވާއިރު މި ހަމަލާތައް ސަލާމަތްކޮށް އޭދަފުށީ ޓީމަށް ސަލާމަތްކަން ހޯދައިދިނީ ޒިޔަޒަންއެވެ.

އޭދަފުށީ ޓީމަކީ މިދިޔަ އަހަރު މުބާރާތުގެ ތިން ވަނަ ޓީމެވެ. އެޓީމު ފައިނަލަށް އައީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސ. ފޭދޫ ބަލި ކުރުމަށްފަހުއެވެ. އޭދަފުށީ ޓީމަކީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައިވެސް ކުޅެފައިވާ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.