ކެމްޕޭނަށް ނޫންގޮތަކަށް ރައީސަކު އަލަށް ފުލިދޫއަށް ވަޑައިގެންނަވައިފި – ފުލިދޫ ކައުންސިލްގެ ރައީސް

އިންތިޚާބެއްގެ ކެމްޕޭނަށް ނޫންގޮތަށް ރައްޔިތުން އިންތިޚާބުކުރައްވާފައިވާ ރައީސަކު ފުލިދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒު ވިދާޅުވެއްވެއްޖެ އެވެ.

ފުލިދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލިދޫއަށް ވަޑައިގެން ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ފުލީދޫގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ދިވެހިރާއްޖެ މިނިވަން ދެފުށް ފެންނަ އިންތިޚާބުތަކަށް ހުޅުވިގެންދިޔަ ފަހުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބެއްގެ ކެމްޕޭނަށް ނޫންގޮތަކަށް ރައްޔިތުން އިންތިޚާބުކުރައްވާފައިވާ ރައީސަކު ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު“ ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒު ވިދާޅުވި އެވެ.

އިއްޔެ ފުލިދޫގައި އޮތް މި ރަސްމިއްޔާތުގައި އިމްތިޔާޒު ދެއްކެވިވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލީދޫއަށް ވަޑައިގަތުމުން ދޭހަވެގެން ދަނީ ރައްޔިތުންގެ ކަންބޮޑުވުން ގާތުން އަޑުއެއްސެވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް ރައީސްގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމާއި، އެ ކަމަށް ދެއްވާ އަހަންމިއްޔަތުކަމާއި، އަދި ބޭނުންފުޅުވާ މިންވަރު ކަމަށެވެ. އެ ކަމަށް ޓަކައި އިމްޔިޔާޒު ވަނީ ފުލިދޫ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފުލިދޫއަށް ވަޑައިގެންނެވީ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަކަށް އިއްޔެ މެންދުރު ފަހު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލުގެ ގޮތުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.