ވ. ފުލިދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

ވ. ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ވ. ފުލިދޫގަ އެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ.

ވ. ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 63،466،824.24 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ މުއްދަތަކީ 465 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން އަލަށް ހަދާ ބަނދަރު ފުންކޮށް، 334 މީޓަރުގެ ކީވޯލް ޖެއްސުމާއި، 351 މީޓަރުގެ ބޭރު ތޮށި ހެދުމާއި، 593 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓާއި، ފެންހިންދާ ނިޒާމް ހެދުމާއި، މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މި މަޝްރޫޢު ނިމުމުން ފުލިދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމާއި، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.